މަސައްކަތް
ނަންބަރު: (IUL)434-A/1/2014/67
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 18 ޑިސެންބަރު 2014 14:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ކުޑަކަމުދާތަކެތި 5 އަހަރަށް ޓެސްޓް ކޮށްދިނުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ޤާނޫނު ނަމްންބަރު 17/2011 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 161 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހެއްގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ހޯދައި، އެ ސާމްޕަލް ދެބަޔަށް ބަހައި، ދެވަނަބައިގެ ޓެސްޓު އެ ޤާނޫނުގެ ދަށުން މިއެޖެންސީން ހަދާ ގަވާއިދުގެ ދަށުން ހުއްދަކުރާ އިދާރާއަކުން ހަދަންޖެހޭތީ، 5 އަހަރު ދުވަހުގެ މުއްދަތަށް މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނަގާ ކުޑަކަމުދާތަކެތި 5 އަހަރަށް ޓެސްޓް ކޮށްދިނުމަށް ޝައުޤުވެރިވާ އަމިއްލަ ފަރާތްތަކުން ހިންގާ ލެބޯޓްރީތަކަށް ފުރުޞަތު ހުޅުވާލަން މިއެޖެންސީން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)434-A/1/2014/61)ފ(10 ނޮވެންބަރު 2014) އިޢުލާނަށް ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު އަލުން މި މަސައްކަތް 5 (ފަހެއް) އަހަރު މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުން

18 ޑިސެންބަރު 2014

ބުރާސްފަތި

14:00 (މެންދުރުފަހު)

އަންދާސީހިސާބު ހުށަހެޅުއްވުން

24 ޑިސެންބަރު 2014

ބުދަ

14:00 (މެންދުރުފަހު)

18 ޞަފަރު 1436

10 ޑިސެންބަރު 2014