ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-FRP/PRIV/2023/1
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:04
ސުންގަޑި: 02 ފެބުރުވަރީ 2023 00:00
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ތުއްތު ކުދިންނަށް ކާންދިނުމަށް ތައްޔާރުކުރާ ކާނާ ސޯޝަލްމީޑިއާ މެދުވެރިކޮށް ވިއްކުމާއި ގުޅޭ

އިޢުލާން

ތުއްތު ކުދިންނަށް ކާންދިނުމަށް ތައްޔާރުކުރާ ކާނާ ސޯޝަލްމީޑިއާ މެދުވެރިކޮށް ވިއްކުމާއި ގުޅޭ

"ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ ދަށުން 3 އަހަރުން ދަށުގެ ކުޑަކުދިންނަށް ޙާއްޞަ ކިރުގެ ބާވަތްތަކާއި، 1 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ޙާއްޞަކޮށް ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތްތައް ވިއްކަންވާނީ މި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން މި އޮތޯރިޓީގައި ރަޖިސްޓްރީކޮށްގެންނެވެ. ނަމަވެސް މިހާރަކަށްއައިސް މި ޤަވާޢިދުގެ ދަށުން ރަޖިސްޓްރީކުރަންޖެހޭ ކާބޯތަކެތި ރަޖިސްޓްރީނުކޮށް ސޯޝަލް މީޑީއާ މެދުވެރިކޮށް ގިނައަދަދަކަށް ވިއްކަމުންދާކަން މިއޮތޯރިޓީއަށް ވަނީ ފާހަގަކުރެވިފައެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާއި ޚިލާފަށް މިފަދަ އުފެއްދުންތައް ތައްޔާރުކުރުކޮށް ވިއްކުމަކީ އުފެއްދުމުގެ ފެންވަރާއި އަދި މިންގަޑުތައް ނުހިފެހެއްޓޭނެ އަދި ތައްޔާރުކުރާތަކެތީގެ ރައްކާތެރިކަންގެއްލިގެން ދިއުމުގެ ފުރުސަތުއޮތް ކަމެކެވެ.

ވީމާ، ދިވެހިރާއްޖޭގައި މިފަދަ އުފެއްދުންތައް އުފައްދާ އަދި ތައްޔާރުކުރާ ފަރާތްތަށް 28 ފެބްރުވަރީ 2023ގެ ކުރިން މި އޮތޯރިޓީގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގެ ފަހުން މިފަދަ ތަކެތި ރަޖިސްޓްރީނުކޮށް ވިއްކަމުންދާނަމަ އެފަރާތްތަކުގެ ނަންހާމަކޮށް އާއްމު އިޢުލާނެއް ކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

 

26 ޖަނަވަރީ 2023