ދިވެހިރާއްޖެ
މި އިޢުލާންވަނީ 26 ޖަނަވަރީ 2023 10:56 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
| 
 މި އިދާރާގެ ގޯތި ތެރޭގައި ގަރާޖެއް ހެދުމާއި ގުޅޭ 
  | 
މި އިދާރާގެ ގޯތި ތެރޭގައި ގަރާޖަކާއި ގުދަންބަޔެއް ހަދައިދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި ކަމަށް އެދި ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތާއި އެއްގޮތައް ބިޑް ރަޖިސްޓްރީކޮށް މަޢުލޫމާތު ސާފުކުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެދި ދެންނެވީމެވެ.
- 1. މަޢުލޫމާތު ދިނުމުގެ ބައްދަލުވުން
 
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 01 ފެބްރުއަރީ 2023 ވާ ބުދަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ބިޑް ރަޖިސްޓްރަ ކޮށްފައިވާ ކުންފުނިތަކަށެވެ.
- 2. ބިޑް ރަޖިސްޓްރޭޝަން
 
- 2023 ފެބްރުއަރީ 01 ވަނަ ދުވަހުގެ 12:30 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރަންވާނީ މި ކައުންސިލްގެ މެއިލް [email protected] އަށް ތިރީގައި މި ދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ.
 - ވިޔަފާރީގެ ނަން
 - ވިޔަފާރީގެ ރަޖިސްޓްރީ ނަމްބަރ
 - ވެރިފަރާތުގެ ނަން
 - ވެރިފަރާތާއި ގުޅޭނެ ނަމްބަރ
 - އީމެއިލް އެޑްރެސް
 
- 3. އަގު ހުށަހަޅަންވީ ގޮތް
 - ބިޑް ހުށަހަޅުން އޮންނާނީ 2023 ފެބްރުއަރީ 05 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
 - އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
 - އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
 - ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލަޔެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީ އުރައިގެ ބޭރުގައި އިޢުލާން ނަމްބަރ އަދި ތިރީގައި އެޑްރެސް ކުރެވިފައިވާ ގޮތައް އެޑްރެސް ކުރެވިފައި ހުންނަންވާނެއެވެ.
 
" ހިމަންދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ގަރާޖެއް ހެދުން "
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
އއ.ހިމަންދޫ / ދިވެހިރާއްޖެ
- 4. ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
 - ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
 - ވިޔަފާރީގެ ޕްރޮފައިލް ( މަޢުލޫމާތު ފޯމް ) މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ
 - އަންދާސީ ހިސާބު ހުށަހަޅާ ފޯމް ( މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ )
 
5. ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު
ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:
- އަގު 90%
- މުއްދަތު 5%
- ތަޖުރިބާ 5%
- އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު އަގުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުޑަ އަގަށެވެ.
 - އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު މުއްދަތުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުރު މުއްދަތަށެވެ.
 - އަންދާސީހިސާބު އިވެލުއޭޓް ކުރުމުގައި އެންމެ ދިގު ވޮރަންޓީމުއްދަތު ވޮރެންޓީ ބެންޗްމާރކްގެ ގޮތުގައި ބެލޭނެއެވެ.
 - ބިޑް އިވެލުއޭޓް ކުރާނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީއިންނެވެ.
 - ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
 
6. އިތުރު މަޢުލޫމާތު ސާފުކުރުން
- ވިޔަފާރީގެ ވެރިފަރާތް ފިޔަވާ އެހެން ފަރާތެއްގެ ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
 - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.
 
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.