ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-HRM/IU/2023/47
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 20:04
ސުންގަޑި: 01 ފެބުރުވަރީ 2023 14:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސުޕަވައިޒަރ

ސުޕަވައިޒަރ
ބިޒްނަސް ސޮލިއުޝަންސް

ވަޒީފާ އަދާކުރަންޖެހޭ ތަން:
ކުޑަގިރި

ތައުލީމީ ފެންވަރާއި ތަޖުރިބާ:

  • އޯ ލެވެލް ނިމިފައި ވުމާއިއެކު، ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރުގެ ތަޖުރިބާ ހުރުން.

 

މަޤާމުގެ މަސްއޫލިއްޔަތު:
ކުޑަގިރީގެ އޮޕަރޭޝަންގެ އެންމެހާ ކަންތައް ބަލަހައްޓާ މޮނިޓަރކުރުން.

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

  • ކުޑަގިރިއަށް އަންނަ މީހުންނާއި އެތެރެކުރެވޭ ތަކެތި މޮނިޓަރކޮށް، މައްސަލައެއް ކުރިމަތިވެއްޖެ ހިނދެއްގައި ހައްލުކުރުން.
  • ކުޑަގިރީގައި ހިންގާ ރިކްރިއޭޝަން އިވެންޓްތައް ރާވާ ހިންގުމާއި ގުޅުން ހުރި މަސައްކަތް ކުރުން.
  • ކުޑަގިރީގެ ގަސްގަހާގެހި ބަލެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތް ފުރިހަމަ ކުރެވިފައިވާކަން ޔަޤީން ކުރުން.
  • ކުޑަގިރިއަށް ޒިޔާރަތް ކުރާ މީހުން އުޅޭ ސަރަހައްދު މޮނީޓަރކޮށް އަދި ހުއްދަ ނެތި ވަނުން މަނާ ސަރަހައްދުތަކަށް ވަންނަ މީހުން ހުއްޓުވައި ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތެއްގައި ފިޔަވަޅު އެޅުން.
  • ހަވާލުކުރެވޭ މަސައްކަތްތައް ޒިންމާދާރުވެރި އަދި އިޙްލާސްތެރިކަމާއި އެކު އަދާކޮށް، ވަގުތައް ކަމޭހިތައި އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުން.
  • ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެމަސައްކަތަކަށް އެއްބާރުލުން ދިނުން.
  • ފުރަތަމަ އެހީ ފޯރުކޮށްދޭން ޖެހިއްޖެ ހާލަތެއްގައި ފޯރުކޮށްދިނުން.
  • މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

  • ސަލާމަތީ ކަންތައްތައް ދަންނަމީހެއްކަމުގައިވުމާއި ފުރަތަމަ އެހީ ދަންނަ މީހެއް ކަމުގައިވުން.
  • އިވެންޓް މެނޭޖް ކުރަން ދަންނަ މީހެއް ކަމުގައިވުން.
  • މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން.
  • މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.

 

މުސާރަ: 17،000.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

ބޭނުންވާ ލިޔެކިޔުންތައް:

  • އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
  • ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 01 ފެބުރުވަރީ 2023 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: ( https://jobs.hdc.com.mv )

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

 

25 ޖަނަވަރީ 2023