ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-CB/286/2023/7
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 02 ފެބުރުވަރީ 2023 14:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ ބިލްތަކަށް ފައިސާ ދައްކާ ނިންމުމާއި ގުޅޭ

ނިމިދިޔަ  2022 ވަނަ އަހަރު މިކައުންސިލުން ހިންގާފައިވާ ހަރަކާތްތަކާއި މަސައްކަތްތަކާ ގުޅޭގޮތުން އެކިވިޔަފާރިތަކާއި، އަމިއްލަ ފަރާތްތަކާއި އަދި ފިހާރަތަކުން ހޯދާފައިވާ މުދަލާއި ޚިދުމަތުގެ ބިލުތައް ލަސްނުކުރައްވާ 02 ފެބްރުވަރީ 2023 ގެ ނިޔަލަށް މިކައުންސިލަށް ހުށައެޅުމަށް ދަންނަވަމެވެ.

އަދި މިމުއްދަތުގެ ފަހުން ކައުންސިލަށް ހުށައެޅޭ 2022 ވަނަ އަހަރުގެ ބިލުތައް ބަލައިނުގަނެވޭނެކަމުގައިވެސް ހިތާމަޔާއެކު ދަންނަވަމެވެ. މިފަދަ ކޮންމެކަމެއްގައި މިކައުންސިލަށް ދެއްވާ އެއްބާރުލުމާއި، އެކި އެކި ކަންކަމަށް ދެއްވާ އެހީފުޅުތަކަށް ނިހާޔަތަށް ޝުކުރުދަންނަވަމެވެ.

25  ޖަނަވަރީ    2023

25 ޖަނަވަރީ 2023