ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ
މަޤާމު : ލީޑިންގް ޓީޗަރ ( ސައިންސް ޑިޕާޓްމަންޓް )
ބޭނުންވާ އަދަދު : 01
މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަން: ގެމަނަފުށި ސްކޫލް/ ގއ. ގެމަނަފުށި
ޝަރުޠު :
މަޤާމުގެ އެލަވަންސް |
ސާރވިސް އެލަވަންސް |
މަޤާމުގެ އަސާސީ މުސާރަ |
ޝަރުޠު |
ކުލެސިފިކޭޝަން |
ރޭންކް |
މަޤާމު/މަޤާމުގެ ނަންބަރު |
-/1000
|
-/2500
|
-/5610 |
ޓީޗިންގ ސާރވިސް އޮފިސަރ ގްރޭޑް 2 ގެ މަޤާމުގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
ޓީޗިންގ ސާރވިސް އޮފިސަރ 2 |
MS1 |
ޓްރެއިންޑް ލީޑިންގ ޓީޗަރ/ 250053 |
-/6295 |
ޓީޗިންގ ސާރވިސް އޮފިސަރ ގްރޭޑް 3 ގެ މަޤާމުގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
ޓީޗިންގ ސާރވިސް އޮފިސަރ 3 |
MS2 |
ގްރެޖްއޭޓް ލީޑިންގ ޓީޗަރ /250053 |
||
-/7035 |
ޓީޗިންގ ސާރވިސް އޮފިސަރ ގްރޭޑް 4 ގެ މަޤާމުގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
ޓީޗިންގ ސާރވިސް އޮފިސަރ 4 |
MS3 |
ކޮލިފައިޑް ލީޑިންގ ޓީޗަރ /250053 |
||
-/7875 |
ޓީޗިންގ ސާރވިސް އޮފިސަރ ގްރޭޑް 5 ގެ މަޤާމުގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
ޓީޗިންގ ސާރވިސް އޮފިސަރ 5 |
MS4 |
|||
-/8835 |
ޓީޗިންގ ސާރވިސް އޮފިސަރ ގްރޭޑް 6 ގެ މަޤާމުގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
ޓީޗިންގ ސާރވިސް އޮފިސަރ 6 |
EX1 |
|||
-/9890 |
ޓީޗިންގ ސާރވިސް އޮފިސަރ ގްރޭޑް 7 ގެ މަޤާމުގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
ޓީޗިންގ ސާރވިސް އޮފިސަރ 7 |
EX2 |
|||
-/11065 |
ޓީޗިންގ ސާރވިސް އޮފިސަރ ގްރޭޑް 8 ގެ މަޤާމުގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
ޓީޗިންގ ސާރވިސް އޮފިސަރ 8 |
EX3 |
ސީނިއަރ ލީޑިންގ ޓީޗަރ /250053 |
||
-/12400 |
ޓީޗިންގ ސާރވިސް އޮފިސަރ ގްރޭޑް 9 ގެ މަޤާމުގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
ޓީޗިންގ ސާރވިސް އޮފިސަރ 9 |
EX4 |
|
||
-/13890 |
ޓީޗިންގ ސާރވިސް އޮފިސަރ ގްރޭޑް 10 ގެ މަޤާމުގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
ޓީޗިންގ ސާރވިސް އޮފިސަރ 10 |
EX5 |
|
||
-/15560 |
ޓީޗިންގ ސާރވިސް އޮފިސަރ ގްރޭޑް 11 ގެ މަޤާމުގެ ޝަރުޠު ހަމަވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
ޓީޗިންގ ސާރވިސް އޮފިސަރ 11 |
EX6 |
|
ވަޒީފާގެ މައިގަނޑު މަސައްކަތް
- ސްކޫލުގައި ކިޔަވައިދިނުމަށްޓަކައި ހަވާލުކުރެވޭ ސައިންސް ސްޓްރީމުގެ މާއްދާއެއްގެ ގަޑިތަކަށް ޓައިމްޓޭބަލާ އެއްގޮތްވާ ގޮތުގެ މަތިން ކިޔަވައިދިނުން.
- ސައިންސްް ޑިޕާޓްމަންޓުގެ ކޯޑިނޭޝަން މީޓިންގ ހަފްތާއަކު 1 ފަހަރު ބޭއްވުމާއި، ކިޔަވައިދިނުމާ ގުޅޭގޮތުން، ސައިންސް ޑިޕާޓްމަންޓުގެ މުދައްރިސުންގެ ބައްދަލުވުންތައް ރާވައި ހިންގައި އެކަމުގެ މަޢުލޫމާތު ސްކޫލުގެ އިސްވެރިޔާއަށް ދެއްވުން.
- ސައިންސް ޑިޕާޓްމަންޓުގެ( ގްރޭޑް 6ން މަތީ ސައިންސް މާއްދާތަކުގެ) މުދައްރިސުންގެ ލެސަންޕްލޭނާއި ސްކީމް އޮފް ވާރކް އަދި ޗެކްލިސްޓް، ގުރޭޑުތަކުގެ ރެކޯޑުތަކާއި ނަތީޖާތައް ބަލަހައްޓައި މުދައްރިސުންނާ ބެލެނިވެރިންނާ ހިއްސާކުރަމުން ގެންދިޔުން.
- ސައިންސް ޑިޕާޓްމަންޓުގެ އެސެސްމަންޓުތަކާއި ޓެސްޓް ޕޭޕަރުތައް ޗެކްކޮށް، ގެންނަން ފެންނަ ބަދަލުތައް ގެނެސް ޓެސްޓުތައް ކުރިއަށް ގެންދިއުން.
- ސައިންސް ޑިޕާޓްމަންޓުގެ މުދައްރިސުންގެ ފިލާވަޅުތައް އޮބްޒާވްކޮށް ފީޑްބެކް ދިނުން. އަދި ދަރިވަރުންގެ ފޮތްތައް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ބަލައި، ރެކޯޑު ބަލަހައްޓައި، ޓީޗަރަށް ފީޑުބެކުދިނުމާއި، އެ މުދައްރިސުންގެ އިތުރުގަޑީގެ މަސައްކަތް ދުވަހުން ދުވަހަށް ޗެކްކުރުން.
- ކަނޑައެޅިފައިވާ އުސޫލުގެ މަތިން ސައިންސް ޑިޕާޓްމަންޓުގެ މުދައްރިސުންގެ ވަޒީފާ ބަޔާންތައް ތައްޔާރުކޮށް، ހަވާލުކޮށް، މުވައްޒަފުންގެ ފެންވަރު ބަލާ ފޯމުތައް ސިވިލް ސަރވިސްއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގައި ފުރުމާއި ރިވިއުކުރުން. އަދި ވަޒީފާއަށް ފަރުވާކުޑަކުރާ ފަރާތްތަކުގެ މަޢުލޫމާތު ސްކޫލުގެ އިސްވެރިޔާއަށް ދެމުން ގެންދިއުން.
- ދަރިވަރުން ސްކޫލުގެ ގަވާއިދަށް ޙުރުމަތްތެރިކޮށް ހިތައި، އަޚުލާޤު ރަނގަޅުކޮށް، ކިޔެވުމަށް ބާރުއެޅުމަށް ނަސޭހަތްދީ ހިތްވަރުދިނުމާއި، އަޚުލާޤީ މައްސަލަތައް ދިމާވާ ދަރިވަރުންގެ ބެލެނިވެރިންނާއި ބައްދަލުކޮށް، ޙާލަތާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ސްކޫލުގެ މެނޭޖްމަންޓުގެ އިރުޝާދުގެ ދަށުން އަޅަމުން ގެންދިއުން.
މަޤާމުގެ އިތުރު މަސްއޫލިއްޔަތު:
1- ސްކޫލުގެ ސެޝަނަށް ހާޒިރުވާންޖެހޭ ގަޑިއަށް (ހެނދުނު ސެޝަންގެ ލީޑިންގ ޓީޗަރުން 6:15 އަށް، މެންދުރުފަހު ސެޝަންގެ ލީޑިންގ ޓީޗަރުން 12:45 އަށް) ސްކޫލަށް ވަޑައިގެން ސޮއިކުރެއްވުން.
2- ވަޒީފާ ބަޔާނުގައިވާ މަސައްކަތްތައް ކަނޑައެޅިފައިވާ ގަވާއިދާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލީޑިން ޓީޗަރެއްގެ ހައިސިއްޔަތުން މަސައްކަތްތައް ކުރުން.
3- ވަޒީފާގެ ހައިސިއްޔަތުން ހާޒިރުވާންޖެހޭ އެންމެހައި ކަންކަމާއި ޖަލްސާތަކާއި ބައްދަލުވުންތަކަށް ގަޑި ނުޖެހި ހާޒިރުވުން. ހާޒިރު ނުވެވޭނަމަ ސެޝަން އިންޗާޖަށް ނުވަތަ ޕްރިންސިޕަލަށް ގަޑިޖެހުމުގެ 15 މިނެޓް ކުރިން ސަބަބާއެކު އެންގުން.
5- ކްލާސްތަކަށް ވަޑައިގެން ކިޔަވައިދިނުމާއި ރިލީފް ގަޑިތައް ނެގުން.
6- އެސެސްމަންޓާއި ޓެސްޓުގެ ނަތީޖާއަށް ބަލައި، އެނަލެސިސް ހެއްދެވުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުން.
7- ހަމަޖެހިފައިވާ އުސޫލުން ފްލޯ ޑިޔުޓީ އަދާކުރުން.
8- ސައިންސް ޑިޕާޓްމަނަޓް ކުރިއެރުވުމަށް މަސައްކަތް ކުރުން.
9- ދިވެހި ސިވިލް ސަރވިސްއާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުން ހެދިފައި ހުންނަ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.
ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:
- ކުރަންޖެހޭ މަސައްކަތާއި ކިޔަވައިދޭންޖެހޭ މާއްދާއާ ގުޅޭގޮތުން ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
- ބަލަހައްޓަންޖެހޭ އަދި ކިޔަވައިދޭންޖެހޭ މާއްދާއާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ބޭނުންވާ ސިފަތައް
އިންޓަރވިއު ކުރުން:
- އިންޓަރވިއު ކުރުން އޮންނާނީ 21 ޑިސެެންބަރު 2014 އާއި 25 ޑިސެންބަރު 2014 އާ ދެމެދު ގެމަނަފުށި ސްކޫލުގެ އޮފީހުގައެވެ.
- އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ ޝަރުޠު ފުރިހަމަވާ މީހުން ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކާ އެކަންޏެވެ.
ހުށަހަޅުއްވަންޖެހޭ ތަކެތި:
- ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުގެ އިދާރާއިން ނުވަތަ (މިފޯމު ސިވިލްސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކުރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީއެއް
- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީގެ އަސްލު
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މިހާރު ވަޒީފާއެއްގައި ހުރި ފަރާތެއްނަމަ މިހާރު ވަޒީފާ އަދާކުރާ ފަރާތުން ދޫކުރާނެ ކަމުގެ ލިޔުން
- ސަރުކާރަށް ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއް، މިވަޒީފާއަށް ހޮވިއްޖެނަމަ މިވަޒީފާއަށް ބަދަލުވުމާމެދު، ކަމާބެހޭ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވިޓާ)
- އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލުގެ ފޯން ނަންބަރު 7983077 އާ ގުޅުއްވުން އެދެމެވެ.
ސުންގަޑި:
މިމަޤާމަށް ޝަރުޠު ހަމަވާ ބޭފުޅުން މަޤާމަށް އެދޭ ސިޓީއާއެކު 18 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތައް ގެމަނަފުށި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.