ދިވެހިރާއްޖެ
ކ.ތިލަފުށީގައި ބޭނުންކުރާ މިކޯޕަރޭޝަންގެ ވެހިކަލްތަކަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް ކ.ތިލަފުށިން ފޯރުކޮށްދެވޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާން (ނަންބަރު: TCL/IUL/14/1027) ގައިވާ ތާރީޚުތަކަށް ބަދަލު އައުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.
ތަފުސީލު |
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
ޕްރީބިޑް މީޓިންގ |
ޓީސީއެލް ހެޑްއޮފީސް |
އަންގާރަ |
16 ޑިސެންބަރު 2014 |
10:30 ގައި |
ބީލަން ހުށަހެޅުން އަދި ބީލަން ހުޅުވުން |
ޓީސީއެލް ހެޑްއޮފީސް |
ހޯމަ |
22 ޑިސެންބަރު 2014 |
10:30 ގައި |
ބީލަން ހުށަހެޅޭނީ ޕްރީބިޑް މީޓިންގގައި ބައިވެރިވެލައްވާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
- ޖީއެސްޓީ އަށް ވާ އަދަދު ވަކިން އެނގޭނެހެން ޖުމްލަ އަގު ހުށަހެޅުން
- ހިމަނަންޖެހޭ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، ކުންފުނީގެ ފަރާތުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ. ކާޑުގެ ކޮޕީ، ޖީއެސްޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، އަދި މި މަސައްކަތާ ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، މަޤާމާއި ފޯނު ނަންބަރު ހިމަނަންވާނެއެވެ.
- އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީހިސާބެވެ.
- ހުށަހަޅައިފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ބީލަން ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
17 ޞަފަރު 1436