މަސައްކަތް
ނަންބަރު: (IUL)222-F/473/2023/7
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 10:57
ސުންގަޑި: 01 ފެބުރުވަރީ 2023 10:00
ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް މެދުޒިޔާރަތް، ބޮޑުތަކުރުފާނު ޒިޔާރަތް، އަލިރަސްގެފާނު ޒިޔާރަތް އަދި ކަޅުވަކަރު މިސްކިތަށް ވެލިލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު  ބޭނުންވެއްޖެ

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް މެދުޒިޔާރަތް، ބޮޑުތަކުރުފާނު ޒިޔާރަތް، އަލިރަސްގެފާނު ޒިޔާރަތް އަދި ކަޅުވަކަރު މިސްކިތަށް ވެލިލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

ތަފްސީލް

ތާރީޚް (ދުވަސް)

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން (ޕްރީ ބިޑް މީޓިންގ)

01 ފެބްރުއަރީ 2023 (ބުދަ)

10:00

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ)

ބީލަން ހުށައެޅުން

08 ފެބްރުއަރީ 2023  (ބުދަ)

10:00

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު (ޤައުމީ ދާރުލްއާސާރު ބިލްޑިންގ)

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3340205 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

25 ޖަނަވަރީ 2023