މަސައްކަތް
ނަންބަރު: (IUL)405-A/2023/01
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 10:54
ސުންގަޑި: 02 ފެބުރުވަރީ 2023 13:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު(ޕިކްނިކް އޭރިއާއެއް ތަރައްޤީކުރުން)

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

 ރިއިމޭޖިންގ ޓޫރިޒަމް ޕްރޮޖެކްޓްގެ ދަށުން ކުނަހަންދޫގައި ތަރައްޤީކޮށް ހެދުމަށް ހަމަޖެހިފައިވާ ޕިކްނިކު އޭރިޔާ އަމިއްލަ ތަކެތީގައި ތަރައްޤީކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤްވެރިވެ ލައްވާ، ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ވިޔަފާރިތަކަށް މިފުރުޞަތު ހުޅުވާލަމެވެ.

 

    ބީލަމުގައި ބައިވެރިވެލައްވާން އެދޭ ފަރާތްތަކުން، 2023 ފެބްރުއަރީ 02 ވަނަ ދުވަހުގެ 12:00ގެ ކުރިން ބިޑް "ރަޖިސްޓްރޭޝަންފޯމް" ފުރިހަމަކުރައްވާ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލަށް ވަޑައިގެން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ހުށަހެޅުމަށް ދަންނަވަމެވެ. މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.  

 

 މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ ، 2023 ފެބްރުއަރީ 02 ވަނަ ދުވަހުގެ 13:00 ގައި ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާގައެވެ.

 

މިމަސައްކަތާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 2023 ފެބްރުއަރީ 02 ވަނަ ދުވަހުގެ 14:00ގެ ކުރިން [email protected]  އަށް ލިޔުމަކުން ފޮނުވުމަށް ދަންނަވަމެވެ.

 

     ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 ފެބްރުއަރީ 05 ވަނަ ދުވަހުގެ 13:00ގައި މިކައުންސިލްގެ އިދާރާގައެވެ. މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

25 ޖަނަވަރީ 2023