ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
ކޮޅުމަޑުލު ކިނބިދޫ 2 ޤަބްރުސްތާނު ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަމްބަރ 393/393/2023/1(IUL) (05 ޖަނަވަރީ 2023) އިޢްލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅުއްވާފައިނުވާތީ، އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ބީލަމާބެހޭ މަޢްލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
ބީލަން ރަޖިސްޓަރީ ކުރުން |
1. ބީލަން ހުށަހަޅަން އެދޭ ފަރާތްތަކުން ބީލަން ހުށަހަޅަން ރަޖިސްޓަރީ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުންނާއި، މިއިޢުލާނާއިއެކު ގެޒެޓްގައި އެއްހީރަސް ކުރެވިފައިވާ ފޯލްޑަރުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 2. ރަޖިސްޓަރީ ކުރުމަށް ހަމަޖެހިފައިވަނީ 24 ޖަނަވަރީ 2023 ން 01 ފެބްރުވަރީ 2023 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައެވެ. އަދި މިމުއްދަތުގައި މިއިދާރާގެ އީ މެއިލް[email protected] އަށް ފޮނުއްވާ ފޯމްތައްވެސް ރަޖިސްޓަރީކޮށް ދެވޭނެއެވެ. އީމެއިލް އަށް ފޮނުއްވާ ފޯމްތައް ކައުންސިލަށް ލިބުނުކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ. ރަޖިސްޓްރީ ކުރެއްވުމަށް ކަނޑައަޅާފައިވާ ސުންގަޑިއަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ. |
ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން |
ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބިޑް ހުށަހެޅުމުގައި ބައިވެރި ވެވޭނީ މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ. |
މަޢްލޫމާތު ސާފުކޮށް ދިނުން |
އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ އީ މެއިލް [email protected] މެދުވެރިކޮށެވެ. |
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި |
ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް ތާރީޚް: 02 ފެބްރުވަރީ 2023 ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އަކާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. |