މަސައްކަތް
ނަންބަރު: (IUL)407-EC407/407/2023/3
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި: 01 ފެބުރުވަރީ 2023 11:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ވިލިނގިލީ މަސްޖިދުލް ތައުބާ މިސްކިތުގެ ސީލިންގ މަރާމާތްތައް ކުރުމާއި، ވުޟޫކުރާ އިސްކުރުބަރީގެ މަރާމާތްތައް ކުރާނެ ފަރާތެއް ހޯދުމާއި ބެހޭ

އަމިއްލަ ތަކެތީގައި ގއ. ވިލިނގިލީ މަސްޖިދުލް ތައުބާ މިސްކިތުގެ ސީލިންގ މަރާމާތްތައް ކުރުމާއި، ވުޟޫކުރާ އިސްކުރުބަރީގެ މަރާމާތްތައް، ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް  ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 01 ފެބުރުއަރީ 2023 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 06 ފެބުރުއަރީ 2023 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަންޏެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 6822505 އެވެ.

24 ޖަނަވަރީ 2023