ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)325-A/325/2023/6
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 29 ޖަނަވަރީ 2023 13:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތްތަކުގައި މަސައްކަތްކުރާނޭ ވަގުތީ މަސައްކަތުމީހުން ހޯދުން

އިޢުލާން

            މިރަށު މިސްކިތްތަކުގައި މަސައްކަތްކުރާ މަސައްކަތު މީހުން ޗުއްޓީނެންގެވުމުން މިސްކިތުގައި މަސައްކަތް ކުރާނެ ވަގުތީމަސައްކަތު މީހުން ބޭނުން ވެއްޖެއެވެ. މިވަޒީފާގައި މަސައްކަތް ކުރައްވާ މުވައްޒަފަކަށް މުސާރައިގެ ގޮތުގައި މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް 33/233 ރުފިޔާގެ މަގުން ފައިސާ ލިބިލައްވާނެއެވެ.

           ފެންވަރު ނުވަތަ ޝަރުތު: އަސާސީ ފެންވަރަށް ލިޔަންކިޔަން އެގުމާއެކު، މަސައްކަތް ކުރެވޭނެ ޞިއްޙަތެއްގައި ހުރި އުމުރުން 65 އަހަރު ފުރިހަމަނުވާ މީހަކު ކަމުގައިވުން.  މިމަޤާމަކީ ބަންދުދުވަހެއްނެތި ހަފްތާގެ 7 ދުވަހު ޑިއުޓީއަށް ނުކުންނަންޖެހޭ މަޤާމެކެވެ.

           ވީމާ މިމަޤާމަށް ކުރިމަތިލުމަށް ޝައުގު ވެރިވާ ފަރާތްތަކުން ތިރީގައިވާ ތަކެއްޗާއިއެކު 29 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ 13.00ގެ ކުރިން މިއިދާރާއަށް ސިޓީފޮނުއްވުން އެދެމެވެ.

1-    ލިބިފައިވާ ތައުލީމީސެޓްފިކެޓްގެ ކޮޕީ

2-    އައިޑީކާޑުގެ ދެފުށުގެ ފުޓޯކޮޕީ

   މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

24 ޖަނަވަރީ 2023