މަސައްކަތް
ނަންބަރު: (IUL)232-AG/232/2023/3
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 15 ފެބުރުވަރީ 2023 23:59
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ ފަރުމާކުރުން

ކައުންސިލްގެ ރަސްމީ ސިއްކައިގެ ގޮތުގައި ބޭނުންކުރުމަށާއި، ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތްތަކާއި، ބައިވެރިވާ ހަރަކާތްތަކާއި، އެކި އެކި ރަސްމިއްޔާތުތަކުގައި ބޭނުންކުރުމަށް ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯއަކަށް 20،000.00ރ (ވިހިހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

ލޯގޯ ހުށަހެޅުމުގެ ސުންގަޑި: 15 ފެބްރުވަރީ 2023، 23:59 ގެ ނިޔަލަށް

ލޯގޯ ހުށަހަޅާނެ އީމެއިލް އެޑްރެސް: [email protected]

 

ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް

  1. ފަރުމާކުރެވޭ ލޯގޯއަކީ މާލެއަތޮޅު ރަމްޒުކޮށްދޭފަދަ އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. މިގޮތުން މާލެއަތޮޅަށް ޚާއްސަ ސިފަތަކާއި، ކަންކަމާއި، ތަކެތި ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.
  1. ފަރުމާކުރެވޭ ލޯގޯއަކީ މުޅިން އައު، ލޯގޯއަކަށް ވާންވާނެއެވެ. އެއްވެސް މުއައްސަސާއަކުން ބޭނުން ކުރަމުންދާ ދިދައާއި ލޯގޯގެ ކޮޕީއަކަށް ވެގެން ނުވާނެއެވެ. އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ.
  1. ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒުކޮށްދޭ ފަރުމާއަކަށް ވެގެން ނުވާނެއެވެ.
  2. ލޯގޯގައި މާލެއަތޮޅު އަތޮޅު ކައުންސިލުގެ އިދާރާގެނަން ބެނުންކުރާނީ އަންނަނިވި ގޮތަށެވެ.

ދިވެހި ބަހުން ނަމަ " މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ"

      އިނގިރޭސި ބަހުން ނަމަ “Secretariat of the Maaleatholhu Atoll Council”

      ލޯގޯގައި އެއްބަހުން ނަން ލިޔާނަމަ ލިޔަންވާނީ ދިވެހި ބަހުންނެވެ.

  1. ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ދިދަ، ޖާރޒީ، ލެޓަރހެޑް، ސްޓާފް ކާޑު، ޔުނީފޯމް އަދި ވެބްސައިޓް ފަދަ ތަކެތީގައި ބޭނުންކުރެވޭ ފަދަ ގޮތަކަށެވެ.
  1. ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ 600DPI ނުވަތަ އެއަށްވުރެ މައްޗެވެ. 2cm x 2cm އަށް ކުޑަކުރުމުން ލޯގޯގެ އަސްލު ނުގެއްލުން
  1. ލޯގޯ ފަރުމާކުރުމުގައި މައިގަނޑުކުލައެއްގެ ގޮތުގައި ބޭނުންކުރަންވާނީ މެރޫން ކުލައެވެ (ކަލަރ ކޯޑް: #8a1538). އަދި އޭގެ އިތުރުން ދެ ކުލަ ބޭނުންކުރެވިދާނެއެވެ.
  2. ލޯގޯއަކީ ލަކުޑި، ފައިބަރު އަދި މައުދަންތަކުގައި ކަނޑާ ނަގައިގެން ސިފަ ފާޅުކުރެވޭގޮތަށް ފަރުމާ ކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.
  3. ލޯގޯ ފަރުމާކުރަންވާނީ ވެބް ވާރޝަން، ޕްރިންޓް ކޮލެޓީ ވަރޝަން އަދި SVG  ފޯމެޓަށެވެ.

 

ލޯގޯ އާއި އެކު ހުށައަޅަންޖެހޭ ޑިޒައިންތައް

  • ލެޓާ ހެޑް އަދި ފުޓަރ ޑިޒައިން (ހެޑާގައި ދައުލަތުގެ ނިޝާން، ކައުންސިލްގެ ނަން ދިވެހިންނާއި އިނގިރޭސި އަކުރުން ހިމެނުން، އަދި ފުޓަރގައި ކައުންސިލްގެ ނަމާއި ފޯނު ނަންބަރާއި އަދި އީމެއިލް އެޑްރެސް ހިމެނުން)
  • ބިޒްނަސް ކާޑް ޑިޒައިން (އިނގިރޭސިން)
  • ސިޓީއުރައިގެ ބޭރު ޑިޒައިން( A4 އަދި C5 ސައިޒަށް)
  • ސްޓާފް ކާޑް އަދި ލޭންޔާޑް ޑިޒައިން
  • ކައުންސިލްގެ ދިދަ
  • ސޯޝަލް މީޑީއާ ޕޯސްޓަރ ޑިޒައިން

 

 

ލޯގޯ އާއި ޑިޒައިންތަކާއި އެކު ހުށަހަޅަންޖެހޭ ތަކެތި

  1. ލޯގޯ އާއި ޑިޒައިންތަކުގެ ,PNG, PSD  އަދި JPEG ފައިލް ހުށަހަޅަންވާނެއެވެ.
  1. ލޯގޯ އާއި ޑިޒައިންތަކުގެ ގްރޭ ސްކޭލް އަދި ކުލަކޮށް އޮންނަ PDF  ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ PDF  ފައިލް 20 އެމް.ބީ އަށް ވުރެ އިތުރުވެގެން ނުވާނެއެވެ. ހުށަހަޅާ ލޯގޯގެ ކުލަ އަދި ބުލެކް އެންޑް ވައިޓް ހާޑުކޮޕީއާއި ސޮޕްޓްކޮޕީ ( ސޮފްޓްކޮޕީގެ ގޮތުގައި އޭގެ އޮރިޖިނަލް އަދި ވެކްޓަރ ފައިލްސް ) ހުށަހަޅަންވާނެއެވެ.
  1. ލޯގޯ އާއި ޑިޒައިންތަކުގެ ކުލަ ސޮފްޓް ކޮޕީ، ކުލަތަކުގެ ޕެންޓޯން ނަންބަރު އަދި ކުލަ ކޯޑާއެކު ޖޭޕެގް / ޓިޕް ފޯމެޓުގައެވެ.
  2. ލޯގޯ އާއި ޑިޒައިންތައް ހުށަހަޅާ ފަރާތުގެ އިތުރު ހުއްދައަކާއިނުލާ ލޯގޯ އާއި ޑިޒައިންތައް ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލަށް ދޭކަން އަންގައިދޭ ލިޔުމެއް.
  3. ލޯގޯ ހުށަހެޅި ފަރާތުގެ ވަނަވަރު.
  4. ލޯގޯ ހުށަހެޅި ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ.
  5. ލޯގޯއިން ރަމްޒުކޮށްދޭ މާނައާއި ތަފްސީލް ބަޔާންކޮށްދޭ ލިޔުމާއި ވީޑިއޯ ޕްރެޒެންޓޭޝަން.
  6. ލޯގޯ ހުށައަޅާ ފަރާތަކީ ފުރިހަމަ ކޮޕީރައިޓް ލިބިފައިވާ ފަރާތެއްކަމަށް ބަޔާންކޮށް ސޮއިކޮށްފައިވާ އިގްރާރް.
  7. ލޯގޯ ފަރުމާކޮށްފައިވާ RAW  ފައިލް ހުށަހަޅަންވާނެއެވެ.

 

 

 

 

 

 

މާކްސް ދެވޭނެ ގޮތުގެ ތަފްސީލް

  1. ލޯގޯ ފަރުމާ ކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އެއްގޮތަށްތޯ ބަލާ ފާސްކުރުން
  2. ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ މިންވަރު
  3. މާލެ އަތޮޅު ސިފަކޮށްދީފައިވާ މިންވަރު
  4. ލޯގޯގެ ފަރުމާތަކަށް އިންސާފްކުރާނީ ކައުންސިލް އިދާރާއިން އެކަމަށް ހާއްސަ ކުރެވޭ ކޮމިޓީ އަކުންނެވެ.

 

 

 

އެހެނިހެން ކަންކަން

 

  1. ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅޭނީ 2 ލޯގޯއެވެ. ހުށަހަޅާ ކޮންމެ ލޯގޯއަކަށް ޑިޒައިން ސެޓް ހުށަހަޅަންވާނެއެވެ.
  1. 1 ވަނައަށް ހޮވޭ ލޯގޯއަށް ބަދަލެއް ގެނައުމަށް ކައުންސިލުން ބޭނުންވާނަމަ، އެ ބަދަލެއް ގެނައުމަށްފަހު އަލުން ހުށަހަޅަންވާނެއެވެ.

 

 

 މާކްސް ދެވޭނެ މިންގަނޑު:

 

ކްރައިޓީރިއާ

މާކްސް

1

ކޮލިޓީ އަދި ޓެކްނިކަލް ފެންވަރު

35

2

އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން  

20

3

އަމިއްލަވަންތަކަން

15

4

މާލެ އަތޮޅު ސިފަކޮށްދީފައިވާ މިންވަރު

30

24 ޖަނަވަރީ 2023