ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-LS/88/2014/70
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި:
14 ޑިސެންބަރު 2014 15:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނ. އެއްދުފަރުގެ ލީސް އެގްރީމަންޓުގެ އެންމެހާ ޙައްޤުތައް އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް
ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް މިމިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ނ. އެއްދުފަރުގެ ލީސް އެގްރީމަންޓުގެ ދަށުން އެރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ޙައްޤުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، އެ ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއްވާނަމަ، މިއިޢުލާން ދިވެހިރާއްޖޭގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އޮފީސް ބަންދުކުރުމުގެ ކުރިން، މިމިނިސްޓްރީއަށް ލިޔުމަކުން އަންގަވައިދެއްވުމަށާއި، އަދި އީމެއިލުން ހުށަހަޅުއްވާކަމުގައިވަނީނަމަ [email protected] އަށް އަންގަވައިދެއްވުމަށް އަންގައި އިޢުލާނުކުރީމެވެ.
09 ޞަފަރު 1436
01 ޑިސެންބަރު 2014