ބީލަން
ނަންބަރު: (IUL)425-A2/1/2023/20
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 30 ޖަނަވަރީ 2023 10:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮނުޒިޔާރަތް ޕާރކްގެ އާބާތުރާ ފިލުވައިދިނުމުގައި މާލެ ސިޓީ ކައުންސިލްއަށް އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ،

    އަމިއްލަ ތަކެތީގައި ލޮނުޒިޔާރަތް ޕާކްގެ ވަށާފެންސް އަދި ވޯކްވޭ މަރާމާތުކޮށް އަލުން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތްކޮށްދޭން ޝައުޤުވެރިވާ ފަރާތުން ޕާރކް ތެރެއިން ބައެއްގައި ނުވަތަ ޕާރކާއި އިންވެގެން ކައުންސިލްބެލުމުގެ ދަށުގައިވާ ސަރަހައްދުގައި ކޮމާޝިއަލް މަސައްކަތެއް ކުރުމަށް ފުރުސަތު ހޯދުމަށް ޕްރޮޕޯސްކުރެވިދާނެއެވެ. އެފަދަ ފުރުސަތެއް ދިނުމުގައި ކުރިއައްއޮތް ތަނުގައި ޕާރކްގެ ބައެއް މެއިންޓެއިނެންސް މަސައްކަތް ސީ.އެސް.އާރގެ ދަށުން ކޮށްދޭނެގޮތުގެ ތަފްސީލްވެސް ހިމަނަން ވާނެއެވެ.  ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

    ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.  

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

26 ޖަނަވަރީ 2023

11:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

އަގު ހުށަހެޅުން

30 ޖަނަވަރީ 2023

10:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

      މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.  
  • އިތުރު މަޢުލޫމާތު: 
  • މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ)  ފޯން: 3025487   / އީމެއިލް: [email protected]
24 ޖަނަވަރީ 2023