ބީލަން
ނަންބަރު: (IUL)425-A2/1/2023/19
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 30 ޖަނަވަރީ 2023 11:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާޓިފިޝިއަލް ބީޗްގައި އޯޕަން ޝަވަރެއް ހަދައިދިނުމާއި ދެކުނު ފަރާތުގެ ހަޓްތައް މަރާމާތުކޮށްދިނުމާ އެކު ދެކުނު ފަރާތް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ،

    ސީ.އެސް.އާރގެ ދަށުން އާޓިފިޝިއަލް ބީޗްގައި އޯޕަން ޝަވަރެއް ހަދައި ދިނުމާ، ދެކުނު ފަރާތުގައި ހަދާފައިވާ ހަޓްތައް މަރާމާތުކޮށް ބަލަހައްޓައިދިނުމާއި އެކު ދެކުނު ފަރާތް ސާފުކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އާޓިފިޝިއަލް ބީޗްތެރެއިން މި ކައުންސިލާއި އެފަރާތަކާ އެއްބަސްވާ ތަނެއްގައި ކޮމާޝިއަލް މަސައްކަތެއް ކޮށް މަންފާ ހޯދަން ބޭނުންވާ ގޮތް ހިމެނޭ ޕްރޮޕޯސަލެއް ހުށަހެޅުއްވުން އެދެމެވެ. އަދި މި އެދިލައްވާ މަސައްކަތުން މަންފާ ލިބެމުންދާ ދުވަސްތަކުގައި އާޓިފިޝިއަލް ބީޗްގެ ދެކުނު ފަރާތް ސާފްކޮށް ބަލަހައްޓާދޭން ވާނެވެއެވެ. ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

    ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.  

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

26 ޖަނަވަރީ 2023

10:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

އަގު ހުށަހެޅުން

30 ޖަނަވަރީ 2023

11:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

      މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.  
  • އިތުރު މަޢުލޫމާތު: 
  • މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ)  ފޯން: 3025487   / އީމެއިލް: [email protected]
24 ޖަނަވަރީ 2023