ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2023/07
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 13 ފެބުރުވަރީ 2023 14:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީއިން ކުރިއަށް ގެންދާ ރެހެންދި އެވޯޑް 2023 އާއި ގުޅޭ

            މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީއިން ކުރިއަށް ގެންދާ ރެހެންދި އެވޯޑް 2023 އަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެންފަރާތްތަކުން ނަންހުށަހެޅުމުގެ ( ނޮމިނޭޓް ކުރުމުގެ) ފުރުސަތު އަދި މުއައްސަސާ، އޮފީސް، ކުންފުނިތައް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އަދި ކުލަބް ޖަމްއިއްޔާ ޖަމާއަތްތަކުންވެސް ނަންހުށަހެޅުމުގެ ފުރުސަތުވަނީ 13 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި އިދާރާތަކުންނާއި ކުންފުނިތަކުން އަދި ޖަމްއިއްޔާ ތަކުންވެސް ވަކި ވަކި ފަރުދުންގެނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާނެއެވެ.

              ވީމާ، މި އެވޯޑަށް ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ފޯމް ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެބްސައިޓުންނާއި، ކައުންސިލް އިދާރާއިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ 3027597 އެ މިނިސްޓްރީގެ ޖެންޑަރ ޑިވަލޮޕްމަންޓް އެންޑް އެމްޕަވަރމަންޓް ޑިޕާޓްމަންޓާއި ގުޅުއްވުންއެދެމެވެ.

24 ޖަނަވަރީ 2023