ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRD/1/2023/13
ޕަބްލިޝްކުރި ތާރީޚް: 24 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 08:21
ސުންގަޑި: 26 ޖަނަވަރީ 2023 16:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް އޮޕަރޭޓަރ
ބޭނުންވާ އަދަދު :2

މުސާރަ

މަހަކު -/5200 ރުފިޔާ

އެހެނިހެން އިނާޔަތްތައް

ސަރވިސް އެލަވަންސް -/80 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

މަންތްލީ ފިކްސްޑް އެލަވަންސް -/4650 ރުފިޔާ (ފިކްސްޑް)

ޝަރުތު

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކެޓަގަރީ V1 ގެ ކްރޭން ނުވަތަ ފޯކްލިފްޓް ދުއްވުމުގެ ލައިސަންސް އޮތުން

ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި މިފަދަ މަޤާމެއް އަދާކުރުމުގެ ތަޖުރިބާއާއި ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

އެމް.ޕީ.އެލް އިން ހިންގާ ބަނވދަރުތަކުގައި ގެންގުޅޭ އެއްގަމު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ވެހިކަލްތައް ބަލަހައްޓައި މެއިންޓެއިން ކުރުން

ހުސްކޮންޓެއިނަރ އަދި ކޮންޓެއިނަރ ހޭންޑަލްކުރުން

ކޮންޓެއިނަރ އިން އަދި ލޮރީ ފަހަރަށް މުދާ ބަރުކޮށް ދިނުން

ބޯޓުން ބާލާ މުދާ ގުދަނަށް ވެއްދުމާއި ނެރެދިނުން

މަޤާމް :ސެކިއުރިޓީ އެސިސްޓެންޓް
ބޭނުންވާ އަދަދު :5

މުސާރަ

މަހަކު -/4400 ރުފިޔާ

އެހެނިހެން އިނާޔަތްތައް

ސަރވިސް އެލަވަންސް -/80 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

މަންތްލީ ފިކްސްޑް އެލަވަންސް -/4650 ރުފިޔާ (ފިކްސްޑް)

ޝަރުތު

ގްރޭޑް 8 ފުރިހަމަކޮށްފައިވުން. (ގްރޭޑް 08 ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ސްކޫލް ލީވިންގް ސެޓްފިކެޓް ހުށަހެޅުމުންނެވެ.)

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

މާލޭގެ ވިޔަފާރި ބަނދަރުގެ ގުދަންތަކާއި ޢިމާރާތްތަކާއި ކީވޯލްތައް އަދި އިކުއިޕްމެންޓްތަކުގެ ސެކިޔުރިޓީ ބެލެހެއްޓުން.

މާލޭގެ ވިޔަފާރި ބަނދަރުގެ ގޭޓް ތަކުގެ ސެކިޔުރިޓީ ބެލެހެއްޓުމާއި އަންނަ ފަރާތްތަކާއި ނުކުންނަ ފަރާތްތައް ޗެކްކޮށް ސެކިޔުރިޓީ ބެލެހެއްޓުން.

މުދާ ކްލިއަރކުރުމުގެ މަސައްކަތަށް ވަންނަ އުޅަނދުފަހަރުގެ ކީވޯލް ފޯމް ދޫކުރުމާއި ހަމަޖެހިފައިވާ ޤަވާއިދާއި އެއްގޮތަށް އެއުޅަނދުފަހަރުގެ ކަންތައްތައް ބެލެހެއްޓުމާއި މަސައްކަތް ނިންމުން.

ގަޑިއަކު އެއްފަހަރު ބަނދަރުތެރެ ޕެޓްރޯލްކޮށް ޤަވާއިދާއި ޚިލާފަށް އެއްވެސް ކަމެއް ހިންގާނަމަ އެފަދަ ކަންތައްތައް ހުއްޓުވުން.

މަޤާމް :ޑެކްހޭންޑް
ބޭނުންވާ އަދަދު :3

މުސާރަ

މަހަކު -/4400 ރުފިޔާ

އެހެނިހެން އިނާޔަތްތައް

ސަރވިސް އެލަވަންސް -/80 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

މަންތްލީ ފިކްސްޑް އެލަވަންސް -/4650 ރުފިޔާ (ފިކްސްޑް)

ޝަރުތު

ގްރޭޑް 8 ފުރިހަމަކޮށްފައިވުން. (ގްރޭޑް 08 ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ސްކޫލް ލީވިންގް ސެޓްފިކެޓް ހުށަހެޅުމުންނެވެ.)

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

ދަތުރުމަތީގައި އާއި ބަނދަރުގައި އޮންނައިރު އުޅަނދުފަހަރު ރަނގަޅަށް ބެލެހެއްޓުން.

އުޅަނދުފަހަރުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކެޕްޓަން އަންގާ ގޮތެއްގެ މަތިން ކުރުން.

އުޅަނދުފަހަރަށް އަރުވާ މުދަލާއި ތަކެތި ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކެޕްޓަން އަންގާ ގޮތެއްގެ މަތިން ކުރުން.

އުޅަނދުފަހަރުގެ ދަތުރުގައާއި އަދި ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ޝެޑިއުލްއާއި އެއްގޮތަށް ކެޕްޓަން އަންގާ ގޮތެއްގެ މަތިން ޑިއުޓީކުރުން.

އުޅަނދުފަހަރު ސާފުކޮށް ރަނގަޅަށް ބެލެހެއްޓުން.

މަޤާމް :ސްޓީވަޑޯސް
ބޭނުންވާ އަދަދު :10

މުސާރަ

މަހަކު -/4400 ރުފިޔާ

އެހެނިހެން އިނާޔަތްތައް

ސަރވިސް އެލަވަންސް -/80 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

މަންތްލީ ފިކްސްޑް އެލަވަންސް -/4650 ރުފިޔާ (ފިކްސްޑް)

ޝަރުތު

ގްރޭޑް 8 ފުރިހަމަކޮށްފައިވުން. (ގްރޭޑް 08 ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ސްކޫލް ލީވިންގް ސެޓްފިކެޓް ހުށަހެޅުމުންނެވެ.)

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

ބަނދަރަށް އަންނަ ބޯޓު ފަހަރާއި އުޅަދުފަހަރުން މުދާ / ކޮންޓައިނަރ އަރުވައި ބޭލުމުގެ އެންމެހައި މަސައްކަތް ކުރުން.

ބޯޓުފަހަރަށް އަރުވާ އަދި ބާލާ ކޮންޓެއިނަރ އާއި މުދަލުގެ އަންލޭޝިން / ލޭޝިން ކުރުން.

މަސައްކަތް ކުރުމުގައި މުދަލާއި ތަކެއްޗަށް ގެއްލުން ނުލިބޭ ގޮތަށް ފަރުވާތެރިކަމާއި އެކު މަސައްކަތްކުރުން.

ސުޕަވައިޒަރުންގެ އިރުޝާދާއި އެއްގޮތަށް މުދަލަށް ސަމާލުވެ މަސައްކަތް ކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު

ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތްކުރަންޖެހޭ ތަން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ވޯކް-އިން އިންޓަވިއު އޮންނަ ދުވަހާއި ވަގުތު

މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ވޯކް-އިން އިންޓަވިއު   2023 ޖަނަވަރީ 26 ވަނަ ދުވަހު 13:00 އިން 16:00 އާއި ދެމެދު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި (ހެޑް އޮފީސް) ކުރިއަށްދާނެއެވެ.

އިންޓަވިއު އަށް އަންނައިރު ގެންނަން ޖެހޭ ތަކެތި

 ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

 ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

 ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ނޯޓް: އިންޓަވިއުއަށް ޙާޟިރުވާއިރު ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި މަޤާމާއި ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް ގެންނަން ވާނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.

 

 

 

24 ޖަނަވަރީ 2023