ދިވެހިރާއްޖެ
ހުޅުމާލެ މަސްޖިދު ޢަޒީޒާ މޫސާ މިސްކިތް ކޮންޓްރެކްޓް އުސޫލުން ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: IUL)425-CB/1/2014/217) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން އެއްވެސް ބޭފުޅަކު ވަޑައިނުގަންނަވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ތަން |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
15 ޑިސެންބަރު 2014 |
މާލޭ ސިޓި ހޯލް |
ހޯމަ |
14:00 |
އަގު ހުށަހެޅުއްވުމަށް |
22 ޑިސެންބަރު 2014 |
މާލޭ ސިޓި ހޯލް |
ހޯމަ |
11:30 |
އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މައުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ.
12 ޞަފަރު 1436