ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-ESMS/2023/05
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 10 ފެބުރުވަރީ 2023 00:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކާއި ގޯޅިތައް ސާފުކޮށް ބެލެހެއްޓުމާއި މަގުމައްޗަށް ހުންނަ ގަސްތައް ކޮށުން

އިޢުލާން

 

މަގުތަކާއި ގޯޅިތައް ސާފުކޮށް ބެލެހެއްޓުމާއި މަގުމައްޗަށް ހުންނަ ގަސްތައް ކޮށުން

ބައެއް ފަރާތްތަކުން ގޯތި ތެރޭގައި ހައްދާފައިވާ ރުއްގަހުން ގޮތްޕާއި ފަން ތިރިވެފައި ހުރުމާއި، އެކި ފަރާތްތަކުން މަގުމަތީގައި ބަހައްޓާފައިވާ ތަކެތީގެ ސަބަބުން، މަގު ބޭނުންކުރާ ފަރާތްތަކަށާއި ދުއްވާ އެއްޗިއްސަށް އުނދަގޫތައް އަންނަނީ ކުރިމަތިވަމުންނެވެ.

މިގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތި 10 ފެބްރުއަރީ 2023 ގެ ކުރިން ނެގުމަށް ދަންނަވަމެވެ. އަދި މަގަށްވާގޮތަށް ހުރި ގަސްތަކުން މަގަށް ނުކުމެފައިވާބައި 15 ފޫޓުގެ އުސްމިނަށް އެ ތާރީޙުގެ ކުރިން ކޮށުމަށް ދަންނަވަމެވެ.

މިތާރީޚުގެ ފަހުން މަގުމަތީގައިހުންނަ ތަކެތި ކައުންސިލުން ނަގާނެކަމަށާއި، ނުކޮށާ ހުންނަ ގަސްތައް ކައުންސިލުން ކޮށާނެ ކަމުގައިވެސް ދަންނަވަމެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

 

23 ޖަނަވަރީ 2023