ވަޒީފާގެ ފުރުޞަތު
ނަންބަރު: -
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި: 17 ޑިސެންބަރު 2014 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެންވަޔަންމަންޓް އެނަލިސްޓް

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެންވަޔަންމަންޓް އެނަލިސްޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2/ އެމް. އެސް. 2

މުސާރަ      

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/6,295 ރުފިޔާ

-/2,000 ރުފިޔާ

މުސާރައިގެ %35

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ އެންވަޔަރަންމަންޓް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

01

ޝަރުޠު

  1. އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ އިކޮނޮމިކްސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ އިކޮނޮމިކް ދާއިރާއާ ގުޅުންހުރި ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ އިކޮނޮމިކްސްއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ އިކޮނޮމިކްސްއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ އިކޮނޮމިކްސްއާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު, އިންޓަރނޭޝަނަލް ރިލޭޝަންސް ނުވަތަ އިކޮނޮމިކްސްއާ ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ތިމާވެށީގެ ދާއިރާއިން ރާއްޖެ ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކަށް ޢަމަލުކުރެވެމުންދާގޮތް ބަލައި މޮނީޓަރކޮށް ކޮންމެ 6 މަހުން އެއްފަހަރު އެކަމާގުޅޭ ރިޕޯޓެއް ތައްޔާރުކުރުން.
  2. ތިމާވެށީގެ ދާއިރާއިން ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ރާއްޖެއިން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތަކާއި، ރިޕޯޓް އަދި ހުށަހަޅަންޖެހޭ ތަކެތީގެ ތާވަލު ހެދުން
  3. މުޢާހަދާތަކާއި އެއްބަސްވުންތައް ބަލަހައްޓާ ފަރާތްތަކުން ރިޕޯޓިންގ މަސައްކަތް ކުރަމުންދާގޮތް ބެލުން.
  4. ތިމާވެށީގެ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ނިންމާ ނިންމުންތަކާއި ރާއްޖެއިން ތަންފީޛު ކުރަންޖެހޭ މަސައްކަތްތަކާއި އަޅަންޖެހޭ ފިޔަވަޅުތައް ކަމާގުޅޭ ފަރާތްތަކާއެކު ހިއްސާކުރުން.
  5. މިފަދަ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ބޭއްވޭ ޖަލްސާތަކަށް ރާއްޖެއިން ހުށަހަޅާ ޕޮޒިޝަނާއި އެހެނިހެން ހުށަހެޅުންތައް، ކަމާބެހޭ ދާއިރާތަކުގެ ލަފަޔާއެކު ތައްޔާރުކުރުން.
  6. ތިމާވެށީގެ ދާއިރާއިން ހިންގާ ބައިނަލްއަޤްވާމީ މުހިންމު ހަރަކާތްތަކުގެ ކަލަންޑަރެއް ތައްޔާރުކޮށް ބެލެހެއްޓުން.
  7. ތިމާވެށީގެ ދާއިރާއިން ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން ރާއްޖެއިން ބައިވެރިވާ ޖަލްސާ ސެމިނަރފަދަ ކަންތައްތަކުގައި ނިންމި ނިންމުންތަކުގެ މަޢުލޫމާތު އެފަރާތްތަކުން ހޯދައި، އެމަޢުލޫމާތު ހިއްސާކުރުން.
  8. ތިމާވެށީގެ އެކިއެކި ޖަލްސާ، ސެމިނަރތަކުގައި ބައިވެރިވާ ފަރާތްތަކުން، އެބޭފުޅުން ބައިވެރިވި ޖަލްސާ ސެމިނަރއާގުޅޭ ރިޕޯޓު ހޯދައި، އެ މަޢުލޫމާތުތައް ބެލެހެއްޓުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. އިންޓަރނޭޝަނަލް ރިލޭޝަންސްއާ ގުޅުންހުރި ދާއިރާގައި މަސައްކަތްކޮށްފައިވާ މިންވަރު
  2. ރާއްޖޭން ބޭރުގެ ތަފާތު ފަރާތްތަކާ ގުޅިގެން މަސައްކަތް ކޮށްފައިވާ މިންވަރު.
  3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.
  • ސުންގަޑި: 17 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.

    އިންޓަރވިއުއާއި އިމްތިޙާން ކުރުން 18 ޑިސެންބަރު 2014 އާއި 15 ޖަނަވަރީ 2014 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

                             16  ޞަފަރު 1436   

08 ޑިސެންބަރު 2014