ދިވެހިރާއްޖެ
ނަންބަރ: HPL/PRC/I-2023/02
އިޢުލާން
މިކުންފުނީގެ ބަނދަރަށް އަންނަ ބޯޓުފަހަރުން މުދާ އަންލޯޑްކޮށް ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މިކުންފުނީގެ ބަނދަރަށް އަންނަ ބޯޓުފަހަރުން 06 (ހަ) މަސް ދުވަހުގެ މުއްދަތަށް ސަބްކޮންޓްރެކްޓްގެ ގޮތުގައި ކާގޯ ލޯޑު ކުރުމާއި އަންލޯޑު ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ހުށަހަޅުއްވާ މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 6888546 / 6888558 އާ ގުޅުއްވުން އެދެމެވެ.
23 ޖަނަވަރީ 2023