ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2023/5
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 31 ޖަނަވަރީ 2023 12:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރު ރަމަޟާންމަހު ތަރާވީޙް ނަމާދު ކުރާނެ ދިވެހި ޙާފިޡަކު ހޯދުމާއި ގުޅޭ

              ރ.އިންނަމާދޫ މަސްޖިދުލް ތަޢާވުންގައި 1444 ވަނަ އަހަރު ރަމަޟާންމަހު ޙިފުޡްކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡަކު ބޭނުންވެއެވެ.

              ވީމާ، މިކަމަށް ޝަޢުޤުވެރިވާ ޚާފިޡުން 2023 ޖަނަވަރީ 31 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

     އުޖޫރަ (އެލަވަންސް)

   - ދިވެހި ޙާފިޡަކަށް އިމާމުވެ ތަރާވީޙު ނަމާދު ކުރާ ކޮންމެ ރެއަކަށް 500.00 (ފަސް ސަތޭކަ ރުފިޔާ) ގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

               މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

23 ޖަނަވަރީ 2023