މަސައްކަތް
ނަންބަރު: (IUL)RS/1/2023/20
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 29 ޖަނަވަރީ 2023 12:00
ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ކުޅިވަރު ކޯޗްކޮށްދިނުމާއި ޓީމްތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ކުޅިވަރު ކޯޗްކޮށްދިނުމާއި ޓީމްތައްތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމުގެ ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

  1. މިޕްރޮޕޯސަލް ހުށަހެޅުމަށް 23 ޖަނަވަރީ 2023 ން 29 ޖަނަވަރީ 2023 12:00 ގެ ކުރިން އިއުލާންގައި އެއްކަރުދާސްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށް ފަހު ތިރީގައިވާ އީ-މެއިލް މެދުވެރިކޮށް ހުށަހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  2. މިމަސައްކަތާއިބެހޭ އެއްވެސް ސުވާލެއްވާނަ 30 ޖަނަވަރީ 2023 ވަނަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  3. ޕްރޮޕޯސަލް ހުށަހެޅުމާއި، ޕްރޮޕޯސަލް  ހުޅުވުން އޮންނާނީ 2023 ފެބްރުއަރީ 02 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި  ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ.
  4. އިއުލާނާއި އެކު މިމަސައްކަތުގެ ރެޖިސްޓްރީ ފޯމް އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ރެހެންދި ސްކޫލް ފައިސާއާބެހޭބައި

ފޯން:  3359902، 3359900

އީ-މެއިލް: [email protected]

 

23 ޖަނަވަރީ 2023

23 ޖަނަވަރީ 2023