ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)303-IED/303/2023/4:ނަމްބަރ
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 10:08
ސުންގަޑި: 31 ޖަނަވަރީ 2023 14:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ އެކަޑަމީއެއް އުނގޫފާރުގައި ހިންގުމާއި ގުޅޭ

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފަރާތުން ދިވެހި ފުޓްބޯޅަ ކުރިއަރުވާ ތަރައްޤީ ކުރުމުގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ފުޓްބޯޅައަށް މޮޅު، ކުޅަދާނަ ދަރިންތަކެއް އުފެއްދުމުގެ މަތިވެރި މަޤުޞަދުގައި، އެކުލަބުގެ ފަރާތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފުޓްބޯޅަ އެކަޑަމީ ހިންގުމަށް ކުރާ މަސައްކަތުގައި، މިއަހަރުގެ މާރޗް މަހުގެ ތެރޭގައި މިރަށުގައި ފުޓްބޯޅަ އެކަޑަމީއެއް ފެށުމަށް އެކުލަބުން ވަނީ ނިންމާފައެވެ. އެގޮތުން 16 އަހަރުންދަށް، 14 އަހަރުންދަށް، 12 އަހަރުންދަށް، 9 އަހަރުންދަށް އަދި 7 އަހަރުންދަށް މި އުމުރުފުރާތަކަށް އެކަޑަމީ ހިންގުމަށް ނިންމާފައެވެ. އަދި ބައިވެރިވާ ކޮންމެ ކުއްޖެއްގެ އަތުން މަހުފީގެ ގޮތުގައި -/300ރ (ތިންސަތޭކަ ރުފިޔާ) ނެގުމަށް ވަނީ ގަސްދުކޮށްފައެވެ. އަދި އެޕްލިކޭޝަން ފޯމާއިއެކު އަލަށް ވަންނަ ކޮންމެ ކުއްޖެއްގެ އަތުން، އެކަޑަމީ ޖާރޒީ ކިޓް ފީގެ ގޮތުގައި ނެގުމަށް ގަސްދުކޮށްފައިވާ އަދަދަކީ -/300ރ (ތިންސަތޭކަ ރުފިޔާ) އެވެ. މި ފީއަކީ ޖާރޒީ، ސޯޓް އަދި ސްޓާކީން ކުއްޖާއަށް ދިނުމަށްޓަކައި ނެގޭ ފީއެކެވެ.

ވީމާ، ނިއުރޭޑިއަންޓް އެކަޑަމީއަށް ވަނުމަށް ބެނުންވާ ފަރާތްތަކުން 23 ޖަނަވަރީ 2023 އިން 31 ޖަނަވަރީ 2023 ގެ ނިޔަލަށް އެކަޑަމީއަށް ވަނުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު، ޖާރޒީ ކިޓް ފީއާއި އެކު އުނގޫފާރު ކައުންސިލްގެ އިދާރައަށް ހުށަހެޅުއްވުން އެދެމެވެ. އެކަޑަމީއަށް ވަނުމަށް އެދޭ ރަޖިސްޓްރޭޝަން ފޯމް އުނގޫފާރު ކައުންސިލްގެ އިދާރައިން ލިބިވަޑައިގަންނަވާނެއެވެ. 

23 ޖަނަވަރީ 2023