ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)318-AD/318/2023/12
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 09:21
ސުންގަޑި: 08 ފެބުރުވަރީ 2023 14:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން

ތިރީގައި މިދަންނަވާ މަގުތަކުގައި ހުރި އަމިއްލަ ފަރާތްތަކުގެ ރުއްގަހުގައި މިއިދާރާއިން ނޫ ކުލައިގެ ދަވާދުން  ނަންބަރު ޖަހާފައިވާ ރުއްގަހުގައި އެރުއްގަހުގެ ވެރިފަރާތްތަކުން ނަންއެޅުމަށްފަހު ލިސްޓް 2023 ފެބުރުވަރީ 08 ވާބުދަ ދުވަހު 14.00ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ.  

           ރުއްރުކުގައި ނަންއަޅާއިރު އެހެން ފަރާތެއްގެ ނަމެއް އަޅާފައިވާނަމަ އެނަމެއް ކަނޑާ ފޮހެ ނުހެދުމަށްވެސް ދެންނެވީމެވެ. އަދި ލިސްޓް ހުށަހަޅުއްވާއިރު މިއިދާރާއިން އެ ރުއްގަހުގައި ޖަހާފައިވާ ނަންބަރު ލިސްޓްގައި ޖައްސަވާފައި ހުށަހެޅުއްވުން އެދެމެވެ.

  •      ރުއްގަސް ހުރި މަގުތަކާއި، ސަރަޙައްދު:
  1.   ހިންމާކަނދުގަސް މަގު  (ކިހާބީޗް ހުޅަގުން ހަދާމަގު)
  2.   ސޯސަން މަގު އިރުމަތިކޮޅު ނިމޭ ހިސާބު (އަކަޑާ ސަރަހައްދުގެ އުތުރު)
  3.   އީކޯ ސެންޓްރޯގެ ހުޅަގުން ހަދާ މަގު ( ކުނިކޮށި ހުޅަގު)
22 ޖަނަވަރީ 2023