ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)365-ESMS/2023/04
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 08:49
ސުންގަޑި: 26 ޖަނަވަރީ 2023 00:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޖާމިޢު މަރާމާތު ކުރުމާއި މަސްޖިދުލް މުސާވާތުގައި ކުލަލުން

އިޢުލާން

މިރަށު މަސްޖިދުލް ޖާމިޢު އަމިއްލަތަކެތީގައި މަރާމާތުކޮށްދިނުމާއި މަސްޖިދުލް މުސާވާތު ގައި ކުލަ ލައިދޭނެ ފަރާތެއް (މިކައުންސިލުން ކުލަ ދިނުމުން) ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014)ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 26 ޖަނަވަރީ 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުން ނަންގަވާ ފުރިހަމަކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ލިބޭނޭ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.

 

ތާރީޚް

ދުވަސް

ވަގުތު

ތަން

މަޢުލޫމާތު ސާފުކުރުން

30-01-2023

ހޯމަ

11:00

މުލީ ކައުންސިލް އިދާރާގެ މީޓިންގ ރޫމް

އަންދާސީ ހިސާބު ހުށަހެޅުން

07-02-2023

އަންގާރަ

11:00

މުލީ ކައުންސިލް އިދާރާގެ މީޓިންގ ރޫމް

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

  1. މަސައްކަތުގެ އަގަށް:  %90 (ނުވަދިހަ އިންސައްތަ). (ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން).
  2. މަސައްކަތުގެ ތަޖްރިބާއަށް: (ދިހައެއް އިންސައްތަ).  (ޖޫރިމަނާއެއްނެތި ހިންގާފައިވާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އެކަނި).

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

22  ޖަނަވަރީ   2023

22 ޖަނަވަރީ 2023