ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)13-HR/13/2023/32
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 16:20
ސުންގަޑި: 30 ޖަނަވަރީ 2023 12:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އޮޑިޓް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

J-333014

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް ޑިރެކްޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް، / ކ. މާލެ

އަސާސީ މުސާރަ:

މަހަކު  8835.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

-          ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.

-          މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދެވޭ ކޯ ޑިސިޕްލިންތަކަކީ ފައިނޭންސް، އޮޑިޓިންގ ނުވަތަ އެކައުންޓިންގ އެވެ. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންކުރާ މާލީ ކުށްތަކާގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނުވަތަ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބަލައި ނިންމާ ރިޕޯޓުތައްޔާރުކުރުމަށްފަހު، ފިޔަވަޅު އެޅުމަށް އަންގާ ކަންކަން މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއަށް ހުށަހެޅުން.
  2. ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ އިންޓަރނަލް އޮޑިޓުން އެ މުއައްސަސާތަކުގެ މުވައްޒަފުންކުރާ މާލީ ކުށްތަކާ ގުޅޭ މައްސަލަތައް ތަހްޤީޤުކޮށް ރިޕޯޓު ތައްޔާރުކުރުމަށްފަހު ފިޔަވަޅު އެޅުމަށް ފޮނުވުމުން މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއަށް ހުށަހެޅުން.
  3. މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއަށް އެކުލަވާލާ ރިޕޯޓުތައް މިނިސްޓަރ ތަސްދީގު ކުރެއްވުމުން އެ ރިޕޯޓުގައި ހިމަނާފައިވާ ފިޔަވަޅުތައް އެޅުމަށް މުއައްސަސާތަކަށް އެންގުން.
  4. އޮޑިޓަރ ޖެނެރަލް އޮފީހުން، ނުވަތަ އެންޓި-ކޮރަޕްޝަން ކޮމިޝަން ނުވަތަ ދައުލަތުގެ އިދާރާތަކުގެ އިންޓަރނަލް އޮޑިޓުން އަނބުރާ ހޯދަންޖެހޭ ފައިސާއެއްކަމަށް ބަޔާންކޮށް ފޮނުވާ މައްސަލަތަކާއި ގުޅިގެން، އެ ފައިސާ ހޯދުމަށް ކުރާންޖެހޭ މަސައްކަތް ކުރެވެމުންދޭތޯ އާއި އޭގެ ހިސާބުތައް ބަލަހައްޓަމުންދޭތޯ ބެލުން.  އަދި ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ހިނގާ ނުހިނގާ ގޮތްބަލައި، ކޮންމެ ކުއަރޓަރެއްގައި  އެ ކަމާއި ގުޅޭ މަޢުލޫމާތު އަދާހަމުކުރުން.
  5. ތަހްޤީޤު ކުރަންޖެހޭ މައްސަލައެއް ކަމަށް މިނިސްޓަރު ނުވަތަ ފައިނޭންޝަލް ކޮންޓްރޯލަރ ނުވަތަ ޕަރމަނެންޓް ސެކްރެޓަރީ ފާހަގަކޮށް ހުށަހަޅުއްވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި ޚިލާފު މައްސަލަތައް ތަހްޤީޤުކޮށް ރިޕޯޓް އެކުލަވާލައި ފިޔަވަޅު އެޅުމަށް މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއަށް ހުށަހެޅުން.
  6. އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، މިމިނިސްޓްރީ އާއި އެހެނިހެން އިދާރާތަކުގެ އިންޓަރނަލް އޮޑިޓުން ފޮނުވާ މައްސަލަތަކުގެ އިތުރުން، މާލިއްޔަތާއި ގުޅޭ މައްސަލައެއް އިދާރާއަކުން ހުށަހަޅައިފިނަމަ، އެ މައްސަލައަކީ ތަހްޤީޤް ކުރަންޖެހޭ މައްސަލައެއްތޯ ބަލައި، ތަހްޤީޤް ކުރަންޖެހޭ މައްސަލައެއްނަމަ، އެމައްސަލަ ތަހްޤީޤްކޮށް، ރިޕޯޓެއް އެކުލަވާލައި، ފިވަޅުއެޅުމައްޓަކައި މާލިއްޔަތުގެ މައްސަލަބަލާ ކޮމިޓީއަށް ހުށަހެޅުން.
  7. އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓު ތަކުގެ ތެރެއިން، ސަރުކާރު ހިއްސާވާ ކުންފުނިތައް ފިޔަވައި އެހެން ހުރިހާ އިދާރާތަކުގެ ރިޕޯޓުތަކުގައި ފާހަގަކުރާ މައްސަލަތަކާއި ގުޅިގެން އިސްލާހްކުރަން ލަފާ ދެއްވާފައިވާ ކަންކަން ކުރެވެމުންދޭތޯ ބަލައި ފޮލޯއަޕް ހެދުން.
  8. އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓު ތަކުގެ ތެރެއިން، ސަރުކާރު ހިއްސާވާ ކުންފުނިތައް ފިޔަވައި އެހެން ހުރިހާ އިދާރާތަކުގެ ރިޕޯޓުތަކުގައި ފާހަގަކުރާ މައްސަލަތަކާއި ގުޅިގެން އިސްލާހްކުރަން ލަފާ ދެއްވާފައިވާ ކަންކަން ކުރެވެމުންދޭތޯ ބަލައި ފޮލޯއަޕް ހަދައި، ކޮންމެ ކުއަރޓަރއަކަށް ރިޕޯޓެއް ތައްޔާރުކޮށް ޗީފް އޮޑިޓް އެގްޒެކެޓިވްއަށް ހުށަހެޅުން.
  9. އަހަރު ތެރޭގައި މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ އަހަރީ ޕްލޭންއެއް ތައްޔާރުކުރުން. އަދި މި އަހަރީ ޕްލޭންގައި އެއަހަރެއްގެ ތެރޭގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި އެ ލަނޑުދަނޑިތައް ހާސިލްކުރާނެގޮތާއި، ކީ ޕަރފޯމަންސް އިންޑިކޭޓަރުތައް ހިމެނުން.
  10. ކޮންމެ އަހަރެއް ނިމިގެން އެހަރެއްގައި ހާސިލުކުރެވުނު ކަންކަމަށް ބިނާކޮށް އަހަރީ ރިޕޯޓެއް އެކުލަވާލުން.
  11. ވަކި ވަކި އިންވެސްޓިގޭޝަންތައް އެންމެ އެފިޝިއެންޓުކޮށް ހިންގުމަށް ދުރާލާރާވައިގެން ކުރިއަށްގެންދިއުން.
  12. ކޮންމެ އިންވެސްޓިގޭޝަންއަކަށް ރިޕޯޓެއް ތައްޔާރުކޮށް ޗީފް އޮޑިޓް އެގްޒެކެޓިވްއަށް ހުށަހެޅުން.
  13. އިންވެސްޓިގޭޝަނުގައި އިސްލާހުކުރަން ލަފާދެވޭ ކަންކަން ހިނގާ ނުހިނގާގޮތް ބަލައި ފޮލޯއަޕް ހެދުން.
  14. މާލިއްޔަތު މައްސަލަ ބަލާ ކޮމިޓީގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.
  15. އިންވެސްޓިގޭޝަން މަސައްކަތްތަކާއި ގުޅޭގޮތުން، މާލިއްޔަތު މައްސަލަ ބަލާ ކޮމިޓީގެ މަޝްވަރާތަކުގައި ބައިވެރިވެ ސުވާލުތަކަށް ޖަވާބު ދިނުން.
  16. އިންވެސްޓިގޭޝަން ތަކާއި ގުޅިގެން އެއްކުރެވޭ އެންމެހާ މަޢުލޫމާތުތަށް ފައިލްކޮށް ރައްކާތެރިކަމާއެކީ ބެލެހެއްޓުން. އެގޮތުން، އިންވެސްޓިގޭޝަންތަކާއި ގުޅިގެން ލިބޭ މަޢުލޫމާތުތަކަށް އިނވެސްޓިގޭޝަން ޔުނިޓްގެ މުވައްޒަފުން ފިޔަވައި އިތުރު ފަރާތްތަކަށް ނުފެންނާނޭ ފަދަ ކޮންޓްރޯލުތައް ޤާއިމްކުރެވިފައިވޭތޯ ބެލުމާއި ސިއްރު ހިފެހެއްޓޭކަން ކަށަވަރުކުރުން.
  17. އިންވެސްޓިގޭޝަން ޔުނިޓުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތަށް ދެނެގަނެ އެކަންކަން ޗީފް އޮޑިޓް އެގްޒެކިއުޓިވް ގެ ސަމާލުކަމަށް ގެނެސް، އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓުގެ ޓްރެއިނިންގ ޕްލޭންގައި ހިމެނުމަށް ކުރާންޖެހޭ މަސައްކަތް ކުރުން.
  18. އިންވެސްޓިގޭޝަން ކުރުމުގައި ގެންގުޅޭ މެނުއަލް އަދި އެސްއޯޕީތައް ތައްޔާރުކުރުން.
  19. އިންވެސްޓިގޭޝަން ޔުނިޓަށް ލިބޭ އަދި ބޭރަށް ފޮނުވާ ލިޔެކިއުންތަކެއްގެ އިދާރީ އިންތިޒާމް ބެލެހެއްޓުން.
  20. އިންވެސްޓިގޭޝަން ޔުނިޓުގެ މަސައްކަތާއި ގުޅޭ ބައްދަލުވުންތައް ރޭވުމާއި، މިފަދަ ބައްދަލުވުންތައް ޔައުމިއްޔާ ކުރުން.
  21. މާލިއްޔަތު މައްސަލަތަކާއި ގުޅޭ ޕޯޓަލް އެއް ޤާއިމްކުރެވިފައިވާނަމަ އެ ޕޯޓަލްއެއް ބެލެހެއްޓުން.
  22. އޮފީހުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުތުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1.  މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 


މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެކައުންޓިންގ
  2. ފައިނޭންސް
  3. އޮޑިޓިންގ
  4. ބިޒްނަސް
  5. ބިޒްނަސް މެނޭޖްމަންޓް

 

 

ޕްރިފަރޑް ޑިސިޕްލިންތައް:

ނެތް

މަޤާމުގެ ކޯ ޑިސިޕްލިންތައް:

  1. ފައިނޭންސް
  2. އެކައުންޓިންގ
  3. އޮޑިޓިންގ

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ފައިނޭންސް
  2. އެކައުންޓިންގ
  3. އޯޑިޓިންގް

 

 

ނޯޓު: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ/ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓު https://www.finance.gov.mv/careers އިންނާއި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  

http://www.csc.gov.mv/dv/downloads/15151

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv  އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ   ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  30 ޖަނަވަރީ 2023 ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ، 5 ފެބްރުއަރީ 2023 އާއި 16 ފެބްރުއަރީ 2023 އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް )A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި މިނިސްޓްރީގެ ކޯލް ސެންޓަރ 1617 އަށެވެ.  އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu ) އިން ލިބެން ހުންނާނެއެވެ.

 

30 ޖުމާދަލްއާޚިރާ 1444

22 ޖެނުއަރީ 2023
22 ޖަނަވަރީ 2023