ދެންނެވުން
ނަންބަރު: (IUL)485-AP/1/2023/4
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:54
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ރިސޯޓްތަކުގެ ޢާންމު ބޭނުންތަކުގެ ޚިދުމަތްދޭ ނިޒާމުތަކުގެ ފަރުމާތައް ފާސްކުރުމާގުޅޭ

ދެންނެވުން

 

ރިސޯޓްތަކުގެ ޢާންމު ބޭނުންތަކުގެ ޚިދުމަތްދޭ ނިޒާމުތަކުގެ ފަރުމާތައް ފާސްކުރުމާގުޅޭ

 

ރިސޯޓުތަކުގައި ޤާއިމުކުރެވޭ ފެނާއި ނަރުދަމާ، ކަރަންޓް އަދި ކުނި މެނޭޖްކުމުގެ ނިޒާމުގެ ފަރުމާތަކަކީ މި އޮތޯރިޓީއިން ތަންފީޒުކުރަމުންދާ ޤާނޫނު ނަންބަރު 2020/8 (ފެނާއި ނަރުދަމާގެ ޤާނޫނު)، ޤާނޫނު ނަންބަރު 2021/18 (ދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނު)، އަދި ޤާނޫނު ނަންބަރު 2022/24 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) ގެ ދަށުން މި އޮތޯރިޓީއިން ފާސްކުރަންޖެހޭ ފަރުމާތަކެކެވެ.

އެހެންކަމުން، 01 ފެބުރުވަރީ 2023 ގެ ފަހުން އަލަށް ޤާއިމުކުރާ ރިސޯޓުތަކުގެ ފެނާއި ނަރުދަމާ، ކަރަންޓް އަދި ކުނި މެނޭޖްކުރުމުގެ ނިޒާމުތަކުގެ ފަރުމާ ރިޕޯޓުތައް މި އޮތޯރިޓީއަށް ހުށަހަޅާ ފާސްކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ވާކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ. އަދި މިހާރު އޮޕަރޭޓްކުރަމުންދާ ރިސޯޓުތަކުގައި ފެނާއި ނަރުދަމާ، ކަރަންޓް އަދި ކުނި މެނޭޖްކުރުމުގެ ނިޒާމުތަކުގެ ފަރުމާ ރިޕޯޓުތައް ތައްޔާރުކޮށްފައި ނުވާ ރިސޯޓުތަކުން 6 މަސްދުވަސްތެރޭގައި (22 ޖުލައި 2023 ނިޔަލަށް) މި އޮތޯރިޓީއަށް ހުށަހަޅާ ފާސްކުރަންވާނެއެވެ.

މަތީގައި ބަޔާންކުރެވުމު މުއްދަތުތަކުގެ ތެރޭގައި ފަރުމާތައް ފާސްނުކޮށް ފެނާއި ނަރުދަމާ، ކަރަންޓް އަދި ކުނި މެނޭޖްކުރުމުގެ ނިޒާމުތައް ހިންގާ ރިސޯޓުތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ވާހަކަ ދެންނެވީމެވެ.

30 ޖުމާދަލްއާޚިރާ 1444

22 ޖަނަވަރީ 2023

22 ޖަނަވަރީ 2023