ޢާންމު މަޢުލޫމާތު
ނަންބަރު: (OTHR)471-HDS3/471/2023/1
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:24
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގެދޮރުވެރިން ޕްރޮގްރާމުގެ "ގެދޮރުވެރިޔާ/ ބިންވެރިޔާ ސްކީމް" އާއި ގުޅިގެން މިނިސްޓްރީގެ ނަމުގައި ޢާއްމު ފަރާތްތަކަށް ލިބެމުންދާ ސްކޭމް ކޯލްތަކާއި ގުޅޭ

މި މިނިސްޓްރީން ކުރިޔަށް ގެންދާ ގެދޮރުވެރިން ޕްރޮގްރާމްގެ ދަށުން "ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމް" އާ ގުޅޭގޮތުން ބައެއް ފަރާތްތަކާއި ގުޅައި، ފޯމާއިއެކު މަދުވާ ކަމަށް ބުނާ ޑޮކިއުމަންޓްތަކެއް ހުށަހެޅުމަށް 9349119 މޯބައިލް ނަންބަރުން ގުޅަމުންދާކަމުގެ މަޢުލޫމާތުތައް މި މިނިސްޓްރީއަށް ވަނީ ލިބިފައެވެ. އަދި މި ނަންބަރާއި ގުޅުމުން، މި މިނިސްޓްރީގެ ރިސެޕްޝަންގެ ނަންބަރަށް ކޯލް ޑައިވާރޓް ކޮށްފައިވާކަންވަނީ ފާހަގަކުރެވިފައެވެ.

 

"ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމް" އަށް ފޯމު ހުށަހެޅުމުގެ ސުންގަޑި 15 އޮކްޓޯބަރ 2022 ވާ ހޮނިހިރު ދުވަހުގެ ރޭ 23:59 ގެ ފަހުން، މިހާތަނަށް އެއްވެސް ރައްޔިތެއްގެ މަޢުލޫމާތު ހޯދުމަށް ނުވަތަ ޑޮކިއުމަންޓެއް ހުށަހެޅުމަށް އެއްވެސް މުޢާމަލާތެއް މި މިނިސްޓްރީން ކުރިއަށް ގެންގޮސްފައިނުވާތީ، ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ފޯނުން ގުޅައިގެން އެއްވެސް މުޢާމަލާތެއް އެއްވެސް ފަރާތަކާއިއެކު މި މިނިސްޓްރީން ކުރިއަށް ނުގެންދާނެ ވާހަކަ އެންމެހާއި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

22 ޖަނަވަރީ 2023