ނީލަން
ނަންބަރު: 134-CORP/I/2013/05
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2013
ޕަބްލިޝްކުރި ގަޑި: 18:16
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެރިން ޑީސަލް އިންޖީނެއް ވިއްކާލުން

ބޮޑުކަންނެލީގެ މަސްވެރިކަމަށް މިކުންފުނިން ބޭނުންކުރި ދޯނިފަހަރުގައި ހުރި އިންޖީނުތަކުގެ ތެރެއިން 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އިންޖީނާބެހޭ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

ނީލަން ނަންބަރު

އިންޖީނުގެ މޮޑެލް ނަންބަރު

އިންޖީނުގެ ސީރިއަލް ނަންބަރު

ހޯސްޕަވަރ

ނީލަން ފެށޭ އަގު

މަދުވެގެން އިތުރުކުރެވޭ އަގު

AUC-EG-01

YANMAR 6CHUTE

4810

255

600,000.00ރ.

10,000.00ރ.

AUC-EG-02

YANMAR 6CHUTE

4766

255

600,000.00ރ.

10,000.00ރ.

ނީލަމުގައި ބައިވެރިވާ ފަރާތުން -/15000 (ފަނަރަހާސް ރުފިޔާ)ގެ ޑިޕޮޒިޓެއް މިފްކޯގައި ބަހައްޓަންވާނެއެވެ. ނީލަން ނިމި، ފައިސާ ދައްކަން ދެވޭ މުއްދަތުގައި ފައިސާ ދައްކައިފިނަމަ، އަގުގެތެރެއިން ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނިކޮށްދެވޭނެއެވެ. އަދި ފައިސާ ދެއްކުމަށް ދެވޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓިފައިސާ އަނބުރައެއް ނުލިބޭނެއެވެ. އަދި ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އަނބުރާ ލިބޭނެއެވެ.

ނީލަން ކާމިޔާބުވި ފަރާތަށް އެކަން އަންގާތާ 24ގަޑިއިރުގެ ތެރޭގައި ފައިސާ ދައްކައި އިންޖީނާ ހަވާލުވާން ވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ހުށަހަޅުއްވާ ސިޓީގައި، ނީލަން ނަންބަރު، އެފަރާތެއްގެ ފުރިހަމަ ނަން، އެޑްރެސް، އައި.ޑީ. ކާޑުގެ ނަންބަރު، ގުޅޭނެ ފޯނު ނަންބަރު ހިމަނަންވާނެއެވެ.

އަގު ހުށަހަޅުއްވާނީ، މިކަމަށްޓަކައި މިފްކޯގައި ބަހައްޓާފައިވާ ފޮށްޓަށެވެ. ހުށަހެޅޭ އެންމެ މަތީއަގު ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 10:00ގައި މިފްކޯގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. އެކަށީގެންވާ އަގަކަށް އެރުމަށްފަހު ޖެހިޖެހިގެން 3 ދުވަހު (ބަންދު ދުވަސްތައް ނުހިމަނައި) އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. 

21 ޖުމާދަލްއޫލާ 1434  

02 އޭޕްރިލް 2013