ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-SN/2023/01
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 13 އޮގަސްޓް 2023 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާރޓް ޓައިމް ލެކްޗަރަރުން ހޯދުން

ސްކޫލް އޮފް ނަރސިންގ އިން މާލެ އާއި އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ހިންގާ ޑިޕްލޮމާ އިން ނަރސިންގ، ބެޗްލަރ އޮފް ނަރސިންގ އަދި މާސްޓަރސް އިން ނަރސިންގ ކޯސްތަކުގެ މާއްދާތަކަށް ޕާރޓް ޓައިމްކޮށް ކިޔަވައި ދިނުމާއި، ކިޔަވައިދިނުމާ ގުޅުންހުރި މަސައްކަތްތަކަށް ލެކްޗަރަރ އިން ހޯދުމަށްވަނީ ބޭނުންވެފައެވެ.

ވީމާ، ކިޔަވައި ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 13 އޮގަސްޓް 2023 ވާ އާދިއްތަ ދުވަހުގެ 12:00 ކުރިން ސްކޫލް އޮފް ނަރސިންގ އަށް، ހުށައަޅުއްވާ ލިޔުން ތަކާއެކު ސިޓީ ފޮނުއްވުން އެދެމެވެ.

 

ޓީޗަރުގެފެންވަރު ނުވަތަ ޝަރުތު: ގުޅޭ ދާއިރާއިން އެންމެ ދަށްވެގެން ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައި ވުމާއިއެކު 2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުން ހުރި ދާއިރާގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

ކިޔަވައި ދޭންޖެހޭ މުއްދަތު:      ޖެނުއަރީ 2023 އިން ފެށިގެން 31 ޑިސެމްބަރ 2023 ގެނިޔަލަށް

މަޤާމުގެ މައްސޫލިއްޔަތުތަށް:      ލެކްޗަރ ގަޑިތައް އަދި ޓިޔުޓޯރިއަލްގެ މާއްދާތަކުގެ އައުޓްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން އެމާއްދާއެއްގެ ޓެސްޓުޕޭފަރ އެކުލަވާލާ، އެސައިންމަންޓް ތައްޔާރުކޮށް މާރކްކުރުމާއި ޓައިމް ޓޭބަލާއި އެއްގޮތަށް ކްލާސްތައް ބޭއްވުން. ހުރިހާ ގަޑިތަކެއް ނަގާ ދޭންވާނީ މި ސްކޫލުން ހަދާފައިވާ ޓައިމްޓޭބަލާއި އެއްގޮތަށެވެ.

އުޖޫރަ:               - ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

- ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

- ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

- ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ

 

ހުށަހަޅަންޖެހޭ ލިއުންތައް:

1. ކިޔަވައިދޭ މާއްދާގެ ރޮގުން ތަޢުލީމު ފުރިހަމަ ކޮށްފައިވާކަމުގެ ސަނަދު (އަޞްލާ އެއްގޮތްކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަޞްލު)

2.  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3.  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

 

ނޯޓް: (ފާއިތުވި އަހަރު (2022) ގައި ސްކޫލް އޮފް ނަރސިނގް ގައި ޕާޓްޓައިމް ކޮށް ކިޔަވައިދެއްވާފައިވާނަމަ، އެކަން ބަޔާން ކުރައްވާ ސެޓްފިކެޓް ތަކުގެ ކޮޕީ ހުށަނޭޅުއްވިޔަސް ފުދޭނެއެވެ.)

 

22 ޖަނަވަރީ 2023