ދެންނެވުން
ނަންބަރު: R1C/LS/2023/02
ޕަބްލިޝްކުރި ތާރީޚް: 22 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 10:28
ސުންގަޑި: 01 ފެބުރުވަރީ 2023 14:00
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އިއުލާން

 

އިޢުލާން

ނަންބަރު:R1C-2023/02

ތާރީޚް: 22-01-2023

މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގު ކުރުމަށްޓަކައި "ޝަރުޢީ އަގުކުރުމާއި ބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ނ) " ގެ ދަށުން މިކޯޓްގައި މިހާރުއޮތް އަގުކޮމެޓީ އަށް މެމްބަރުން އިތުރުކުރުމަށް ބޭނުންވާތީ،  އަގު ކޮމިޓީގެ ދަފްތަރުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

 

މަސައްކަތް

މިކޯޓުގައި ހިނގާ މައްސަލަތަކުގެ ތެރެއިން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއާއި ގުޅުންހުރި މައްސަލަތަކާއި ގުޅިގެން އެވަގުތަކު އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުން.

 

ޝަރުޠު

ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކޮންމެވެސް އެއްދާއިރާއެއްގެ ހުނަރާއި މައުލޫމާތު ހުރި ފަރާތެއްކަމުގައިވުން. (އެގޮތުން މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިން، އާކިޓެކްޗަރ)

 

ވީމާ، އަގު ކޮމިޓީގެ ދަފްތަރުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، އެފަރާތަކަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ހާމަކޮށްދޭ ލިޔުން ނުވަތަ ސެޓްފިކެޓްތަކާއި އައި.ޑީ.ކާޑުގެ ކޮޕީ އާއިއެކު ވަނަވަރު 01 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 14:00ގެ ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
22 ޖަނަވަރީ 2023