ދިވެހިރާއްޖެ
މާސްޓަރޒް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް (އެމް.އައި.އެފް.ޕީ) ޕުރޮގުރާމު– ޖަނަވަރީ 2015 އިންޓޭކަށް އެޕްލިކޭޝަނާއި ސްކޮލަރޝިޕަށް ހުށަހެޅެމުގެ މުއްދަތު އިތުރުކުން.
އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް(އިންސެފް)އާ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސް ގުޅިގެން، ޖަނަވަރީ 2015 ގައި ފެށުމަށް ހަމަޖެހިފައިވާ މާސްޓަރޒް ޕުރޮގުރާމަށް އެޕްލިކޭޝަން އަދި ސްކޮލަރޝިޕަށް ނަން ހުށަހެޅުމުގެ ފުރުސަތު 11 ޑިސެންބަރު 2014 ވާ ބުރާސްފަތިދުވަހުގެ މެންދުރު 14:00 ގެނިޔަލަށް އިތުރުކޮށްފީމެވެ.
ކޯހުގެ ނަން: މާސްޓަރޒް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް (އެމް.އައި.އެފް.ޕީ) ޕުރޮގުރާމު
ޖާގަ: 30 ކުދިން
އިންޓޭކް: ޖަނަވަރީ 2015
ކިޔަވައިދޭ މަރުކަޒު: ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސް (ސީ.އައި.އެސް)
މި ޕުރޮގުރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ތަން: ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސް (ކުއްލިއްޔާ) ވައިލެޓް މަގު، ހެންވޭރު
ގަޑި: ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް.
މި ޕުރޮގުރާމާ ގުޅޭ އިތުރު މައުލުމާތު ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ވެބް ސައިޓް www.cmda.gov.mv/education-and-training/mifp/ އާއި އޮތޯރިޓީގެ ފޭސްބުކް ޕޭޖް https://www.facebook.com/Capital.Market.Development.Authority އަދި މިއޮތޯރިޓީގެ ނަންބަރު 3014112 ފޯނަށް ގުޅުއްވުމުން ލިބެން ހުންނާނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.