ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HRM/1/2014/1024
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:01
ސުންގަޑި: 14 ޑިސެންބަރު 2014 14:30
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.

އޮފީސް

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ކުޑަކުދިންގެ ހިޔާ، ވިލިނގިލި)

މަޤާމު

ޗައިލްޑް ކެއަރ ސްޕަވައިޒަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އ. ޓެކްނިކަލް އޮފިސަރ ގްރޭޑް1

ރޭންކް:GS3

މުސާރަ

މަހަކު -/4465

ސަރވިސް އެލަވަންސް

މަހަކު -/1500

މަސައްކަތް ކުރަންޖެހޭ ތަން

ކުޑަކުދިންގެ ހިޔާ ، ވިލިނގިލި

ތަޢުލީމާއި ތަޖުރިބާ

1- ސޯޝަލް ސައިންސް/ކައުންސެލިން/ޗައިލްޑްކެއަރ ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2.  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1-  ކުޑަކުދިންގެ ހިޔާގައި ކުދިން ބެލެހެއްޓުމަށް ތިބޭ ކެއަރ ވާކަރުންގެ މަސައްކަތްތައް ބަލައި ސުޕަވައިޒް ކުރުން

2- ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިން ބެލެހެއްޓުމާއި، އެމަސައްކަތް ކުރާ މުވައްޒަފުންނަށް އިރުޝާދު ދިނުމާއި އެހީތެރިވެދިނުން.

3. ހިޔާގައި ތިބޭ ކުދިންނަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. އަދި ކުދިން ގެންދަންޖެހޭ ތަންތަނަށް ގެންދިއުމުގެ މަސައްކަތްތައް ބެލެހެއްޓުން.

މަޤާމު

ކުދިން ބަލަހައްޓާ (ކޮންޓްރެކްޓް އުސޫލުން)

ބޭނުންވާ އަދަދު

03

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް1

ރޭންކް:SS1

މުސާރަ

މަހަކު -/3100

ސަރވިސް އެލަވަންސް

މަހަކު -/1000

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ ، ވިލިނގިލި

ޝަރުޠު

  1. ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ އެންމެހާ ކަންތައްތައް (ކާންދިނުމާއި ފެންވަރުވައި ރީތިކުރުން އަދި ސްކޫލް، ޓިއުޝަން، ޤުރުއާން ކުލާހަށް ގެންގޮސް ގެނައުން) ބެލެހެއްޓުން.
  • އިސްލާމީ ރިވެތި އުސޫލުތަކުގެ މަތިން ކުދިން ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔުމާއި ދީނީ ކަންތައްތައް ކުދިންނަށް އުނގަންނައިދިނުން 
  • ސްކޫލަށްދާ އުމުރުގެ ކުދިން ސްކޫލަށް ދިއުމުގެ ކުރިން އެކުދިންގެ އަމިއްލަ އެއްޗެހި ތަރުތީބުކޮށް، އުޅޭތަން ސާފުކުރުމަށް ހިތްވަރުދިނުމާއި އެކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  • ކުދިންގެ ސާފުތާހިރުކަމަށް ސަމާލުކަންދީ ހުރިހާ ވަގުތެއްގައުވެސް ކުދިން ސާފުތާހިރުކަންމަތީ ބެލެހެއްޓުމާއި، އެކުދިން އުޅޭ ފްލޯތައްވެސް ސާފުތާހިރުކޮށް ބެލެހެއްޓުން
  • ކުޑަކުދިންގެ ހިޔާގެ ބޭރުގައި އޮންނަ ޙަރަކާތްތަކަށް ކުދިންނާއެކު ދާންޖެހޭ ޙާލަތްތަކުގައި އެކުދިންނާއެކު އެތަނަކަށް ގޮސް އެކުދިން ބެލެހެއްޓުމާއި، ބަލިވެގެން ޑޮކްޓަރަށް ދައްކަންޖެހޭ ކުދިންނަށް އެހީތެރިވެދީ އެކުދިން ޑޮކްޓަރަށް ދެއްކުމާއި، ކުއްޖަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިނަމަ، އެކުއްޖެއްގެ ކައިރީގައި އޮފީހުން ހަމަޖައްސާ އުސޫލެއްގެ މަތިން ޑިއުޓީކޮށް އެކުއްޖާ ބެލެހެއްޓުން

މަޤާމު

ކުދިން ބަލަހައްޓާ

ބޭނުންވާ އަދަދު

16

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް1

ރޭންކް:SS1

މުސާރަ

މަހަކު -/3100

ސަރވިސް އެލަވަންސް

މަހަކު -/1000

މަސައްކަތް ކުރަންޖެހޭ ތަން

ކުޑަކުދިންގެ ހިޔާ ،ވިލިމާލެ

ޝަރުޠު

  1. ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ އެންމެހާ ކަންތައްތައް (ކާންދިނުމާއި ފެންވަރުވައި ރީތި ކުރުން އަދި ސްކޫލް، ޓިއުޝަން، ޤުރުއާން ކުލާހަށް ގެންގޮސް ގެނައުން) ބެލެހެއްޓުން.
  • އިސްލާމީ ރިވެތި އުސޫލުތަކުގެ މަތިން ކުދިން ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔުމާއި، ދީނީ ކަންތައްތައް ކުދިންނަށް އުނގަންނައިދިނުން 
  • ސްކޫލަށްދާ އުމުރުގެ ކުދިން ސްކޫލަށް ދިއުމުގެ ކުރިން އެކުދިންގެ އަމިއްލަ އެއްޗެހި ތަރުތީބުކޮށް އުޅޭތަން ސާފުކުރުމަށް ހިތްވަރުދިނުމާއި އެކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  • ކުދިންގެ ސާފުތާހިރުކަމަށް ސަމާލުކަންދީ ހުރިހާ ވަގުތެއްގައުވެސް ކުދިން ސާފުތާހިރުކަންމަތީ ބެލެހެއްޓުމާއި، އެކުދިން އުޅޭ ފްލޯތައްވެސް ސާފުތާހިރުކޮށް ބެލެހެއްޓުން
  • ކުޑަކުދިންގެ ހިޔާގެ ބޭރުގައި އޮންނަ ޙަރަކާތްތަކަށް ކުދިންނާއެކު ދާންޖެހޭ ޙާލަތްތަކުގައި އެކުދިންނާއެކު އެތަނަކަށް ގޮސް އެކުދިން ބެލެހެއްޓުމާއި، ބަލިވެގެން ޑޮކްޓަރަށް ދައްކަންޖެހޭ ކުދިންނަށް އެހީތެރިވެދީ އެކުދިން ޑޮކްޓަރަށް ދެއްކުމާއި، ކުއްޖަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިނަމަ އެކުއްޖެއްގެ ކައިރީގައި އޮފީހުން ހަމަޖައްސާ އުސޫލެއްގެ މަތިން ޑިއުޓީކޮށް އެކުއްޖާ ބެލެހެއްޓުން

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ )އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅި ކަމުގައިވިއަސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭ ސާފު ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

މިވަޒީފާތަކަށް މީހުން ނެގުމުގައި 25 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރައިގެ މީހުންނަށް އިސްކަންދެވޭނެއެވެ.

ސުންގަޑި

2014 ޑިސެންބަރު 14 ވަނަ ދުވަހުގެ 2:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ ކުޑަކުދިންގެ ހިޔާއަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ޑިސެންބަރުމަހުގެ ތެރޭގައި) (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައ

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 އެވެ. ވަޒީފާއަށް އެދޭ ފޯމު މިމިނިސްޓްރީގެ ކައުންޓަރުންނާއި ކުޑަކުދިންގެ ހިޔާއިން ލިބެން ހުންނާނެއެވެ.

02 ޑިސެންބަރު 2014