ދިވެހިރާއްޖެ
ނަމްބަރ: (IUL)337/337/2023/8
އިޢުލާން
ކ. މާފުށީގެ މަގު ބައްތިތައް ދިއްލުމަށް އަޅަންޖެހޭ ކޭބަލް އެޅުމަށް ކޮންނަންޖެހޭ ކޯރުކޮނެ ކޭބަލްއަޅައި ފަސްލައި ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:
މި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުން ދިއްލާ ބަލަހައްޓަމުން ގެންދާ މަގާއި، ބަނދަރާއި، ހުސްބިން، ޕާކް ފަދަ ތަންތަނުގައި ހުރި އަދި އިތުރަށް ޖަހަންޖެހޭ ބައްތިތައް ދިއްލުމަށް އަޅަންޖެހޭ ކޭބަލް އެޅުމަށް މަގުކޮނެ ވަޅުލާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިގޮތުން ކޮންޓްރެކްޓަރު ކޮށްދޭންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ރަށުގައި މިވަގުތުހުރި މަގުބައްތިތައް މަރާމާތު ކުރުމަށް އަޅަންޖެހޭ ސަރަހައްދުތަކާއި މަގުތަކަށް ކޭބަލް އެޅުމަށް ކޯރުކޮނެ ކޭބަލްތައް އެޅުމާއި، އަލަށް ހަރުކުރެވޭ މަގުބައްތިތައްކަށް ބޭނުންވާ ކޭބަލްތައް އެޅުމަށް ކޯރުކޮނުން ހިމެނެއެވެ. މިމަސައްކަތައް މަގުކޮނެ ވަޅުލަންޖެހޭ ކޭބަލާއި ވޯނިންޓޭޕް ފޯރުކޮށްދޭނީ މިއިދާރާއިންނެވެ. މިމަސައްކަތް ކުރުމަށް ކޮންނަން ބޭނުންވާ ސަރަޙައްދު ކައުންސިލުން ސާވޭކުރުމަށްފަހު ކޮންޓްރެކްޓަރަށް ލިޔުމުން އެންގުމުން ކޮނެ ފަސްލައި ނިންމަންވާނެއެވެ. މި އިޢުލާނާއިއެކު މިމަސައްކަތުގެ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތު އެނގޭގޮތަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
- ކޭބަލް މީޓަރެއް 2.5 ފޫޓު ފުންމިނަށް ކޮނެ ކޭބަލް އަޅާ ފަސްލައިދޭނެ އަގު ރުފިޔާއިން
- ކައުންސިލުން އަންގާތާ ލަސްވެގެން މަސައްކަތް ފަށޭނެ ވަގުތު (ލަސްވެގެން ފެށޭނެ ވަގުތު)
- މަސައްކަތް ފެށުމަށްފަހު ދުވާލަކު ކޮނެ ފަސްލައި ދެވޭ އެވްރެޖް މީޓަރގެ ޢަދަދު މުއްދަތު
- މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާ ފަރާތެއްނަމަ އެކަމުގެ ތަފްޞީލް
މަޢުލޫމާތު ސާފުކުރުން: |
22 ޖެނުއަރީ 2023 ވަނަ ދުވަހުގެ 13:00 ގައި މާފުށި ކައުންސިލް އިދާރާގައި |
އަންދާސީ ހިސާބު ހުށަހެޅުން: |
29 ޖެނުއަރީ 2023 ވަނަ ދުވަހުގެ 13:00 ގައި މާފުށި ކައުންސިލް އިދާރާގައި |
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައިއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640073 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
19 ޖެނުއަރީ 2023