މަސައްކަތް
ނަންބަރު: 480/IUL/2023/07
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 16:21
ސުންގަޑި: 29 ޖަނަވަރީ 2023 10:30
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
އަހަރީ ޢާންމު ޖަލްސާގެ އިވެންޓް އޯގަނައިޒް ކޮށްދޭނެ ފަރާތެއް ހޯދުން

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަހަރީ ޢާންމު ޖަލްސާއަށް އިވެންޓް އޮގަނައިޒަރއެއް ހޯދުމަށް ކުރެވުނު ޢިއުލާނު ނަންބަރު 480/480/IUL/2023/02 (5 ޖަނަވަރީ 2023) އާއި ގުޅިގެން ހުށަހެޅި އަންދާސީހިސާބުތަކުގެ އަގުބޮޑުކަމަށް ފެންނާތީ، ކުރިން ކުރެވުނު ޢިއުލާން ބާތިލު ކުރުމަށްފަހު، މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމަށް އަލުން ހުޅުވާލަމެވެ.

ވީމާ މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހަޅަންވީ ތާރީޚު ތިރީގައި ބަޔާންކޮށްފައިއެވަނީޢެވެ.

#

ތަފުޞީލު

ތާރީޚު

ގަޑި

ތަން

1

މަޢުލޫމާތު ސާފުކުރުން

24 ޖަނަވަރީ 2023

ހެނދުނު 10:30

މ. ވީނަސް، ނޫރީ ގޯޅި، 4 ވަނަ ފަންގިފިލާ

2

އަންދާސީހިސާބު ހުށަހެޅުން

29 ޖަނަވަރީ 2023

ހެނދުނު 10:30

މ. ވީނަސް، ނޫރީ ގޯޅި، 4 ވަނަ ފަންގިފިލާ

 

މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީހިސާބު ހުށަހަޅާ ފޯމާއި، މަސައްކަތާބެހޭ އިތުރު ތަފުޞީލު އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ. 

މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

19 ޖަނަވަރީ 2023