ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 375/375/2023/5
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 29 ޖަނަވަރީ 2023 11:00
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭންޑް ޔޫޒް ޕްލޭން އިޢުލާނާއި ގުޅޭ

ދ.މީދޫގެ ލޭންޑް ޔޫޒް ޕްލޭން ރިވިއުކޮށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލްގެ 375/375/2023/3(IUL) ނަމްބަރު އިޢުލާނާއި އެކު އާންމު ކޮށްފައިވާ ބީލަން ފޮތުގެ 10 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިބީލަމަށް ބައެއް ބަދަލު ގެނެވިފައިވާތީ ދެންނެވީމެވެ. މިގޮތުން ބީލަމަށް ޕޮއިންޓް ދިނުމުގައި މިހާރު އަމަލު ކުރެވޭނެ ގޮތް ތިރީގައި އެވަނީއެވެ. އަދި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ވުމުގެ މުއްދަތު 26 ޖެނުއަރީ 2023 އަށް އިތުރުކޮށް ބީލަން ހުށަހެޅުމުގެ މުއްދަތު 29 ޖެނުއަރީ 2023 ވަނަ ދުވަހުގެ 11:00ށް ވަނީ އިތުރު ކުރެވިފައެވެ. ބީލަން ހުށަހެޅުން އޮންނާނީ މިކައުންސިލްގެ ކޮންފަރެންސް ރޫމްގައެވެ.

ޕޮއިންޓްދެވޭނެ ދާއިރާ

ޕޮއިންޓް ދެވޭނެ ގޮތުގެ ތަފްސީލް

 

ޕޮއިންޓްގެ އަދަދު

އަގު

ހުށަހެޅި އެންމެ ހެޔޮ އަގު/ ހުށަހެޅި އަގު × 65

 

65

މުއްދަތު

ހުށަހެޅި އެންމެ ކުރު މުއްދަތު/ ހުށަހެޅި މުއްދަތު × 25

 

25

ތަޖުރިބާ

ތަޖުރިބާގެ ގޮތުގައި ބަލައި ޕޮއިންޓް ދެވޭނީ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ކޮށް ފާސްވެފައިވާ މަސައްކަތްތައް ބަޔާންކޮށް ހުށަހަޅާފައިވާ 50،000.00ރ (ފަންސާސް ހާސް ރުފިޔާ) އިން މަތީގެ މަސައްކަތްތަކަށެވެ. މިގޮތުން މަތީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ކޮންމެ މަސައްކަތަކަށް 2.5 ޕޮއިންޓް ދެވޭނެއެވެ. ނަމަވެސް ގިނަވެގެން މިބަޔަށް ލިބޭނީ 10 ޕޮއިންޓެވެ.

 

10

ޖުމްލަ

 

100

 

19 ޖަނަވަރީ 2023