| 
 އިތުރު ޢިނާޔަތްތައް: 
 | 
 ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އަދި އެހެނިހެން އެލަވަންސް ދެވޭނެއެވެ. 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެކަންތައްތައް 
 | 
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
 
- މީގެ އިތުރުން ކޮމްޕިއުޓަރަށް / އައި.ސީ.ޓީ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބެލޭނެއެވެ.
 
  | 
| 
 އިންޓަރވިއު ކުރުން 
 | 
- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން އަދި ގަޑި،އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
 
- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަށް ޝޯރޓް ލިސްޓުކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.
 
- މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކާއެވެ. މި މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަން ފޯމު ބާޠިލު ކުރެވޭނެ ވާހަކަދަންނަވަމެވެ.
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު) ދ. އަތޮޅު ތަޢުލީމީ މަރުކަޒުން ލިބިވަޑައިގަންނަވާނެ އަދި ސިވިލް ސާވިސްކޮމިޝަންގެ ވެބްސައިޓް (www.csc.gov.mv) އިން ޑައުންލޯޑް ކުރެވޭނެއެވެ.
 
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރައްވަން ޖެހިވަޑައިގަންނަވާސެޓްފިކެޓްތައް އެކްރެޑިޓް ކުރައްވާފައޮތުން.) (ސެޓުފިކެޓުތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަވަން ވާނެއެވެ).
 
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 
- ސިވިލް ސާވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެލިޔުމެއް.
 
- ވަޒީފާއެއް އަދާ ކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭނެ ލިޔުމެއް ހުށަހެޅުއްވުން.
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ގުޅޭނެ ނަންބަރާއެކު )
 
  | 
| 
 ތަކެތި ހުށަހަޅަންޖެހޭ އޮފީސް 
 | 
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށެވެ.
 
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 15 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިންނެވެ.
 
  | 
| 
 އިތުރު މަޢުލޫމާތު 
 | 
 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަންބަރު  7952914 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. 
 |