ދިވެހިރާއްޖެ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރ ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރ ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް( ތާރީޚް: (މުއްދަތު) – 19 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން 29 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ނިޔަލަށް އީމެއިލް: [email protected] ފޯނު ނަންބަރ: 6583712 |
މައުލޫމާތު ދިނުން |
ބީލަމާއި ގުޅިގެން ސާފުކުރަންޖެހޭ މަޢުލޫމާތެއް ވާނަމަ އެސުވާލެއް ފޮނުވަންވާނީ، 31 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި އެވާ އީމެއިލް އެޑްރެހަށެވެ. އީމެއިލް: [email protected] ފޯން: 6583712 |
އަންދާސީ ހިސާބު ހުށައެޅުއްވުން |
އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގެ އެގަޑިއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ . ތާރީޙް: 05 ފެބުރުވަރީ 2023 ވާ އާދިއްތަ ދުވަސް ގަޑި: 13:00( މެންދުރު( |
މިއިއުލާނާއި ގުޅޭ މައުލޫމާތު ސީޓް އެޓޭޗްމަންޓުގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަދި ނަންނޯޓް ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583712 އަށް ގުޅުއްވުން އެދެމެވެ.