ދިވެހިރާއްޖެ
(IUL)HAAH/HAAH/2023/1 :އިޢުލާން ނަންބަރު
ހއ.އަތޮޅު ހޮސްޕިޓަލް ފޮޅައި ސާފުކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 30 ޖެނުއަރީ 2023 ވާ ހޯމަ ދުވަހުގެ 13:00 އަށް ބީލަން ހިއްޕަވައިގެން ހއ.އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންދެއްވުން އެދެމެވެ.
މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް، އިޢުލާނާއިއެކު އާއްމު ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 13:00 އަށެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި 6500093 ނަންބަރު ފޯނަށެވެ.