ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)395-B/395/2023/12
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 26 ޖަނަވަރީ 2023 12:00
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަވިއްތަ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާއިގުޅޭ:

          ހަވިއްތަ ސަރަހައްދު ތަރައްޤީކުރުމަށް، ބޮޑުތަކުރުފާނުމަގު އަދި ހަތްތެލިމަގު ގުޅޭ ސަރަހައްދުގެ ދެކުނުފަރާތުން އިމާރާތްކުރާ (ފުނަވައްތި މާލަމް)، ސަރަހައްދުގައި ހުރި ރުއްގަހުގެ ބަދަލުމައްސަލަ ނިންމުމަށް އެ ރުއްގަހުގެ ވެރިން ހޯދުމަށްޓަކައި، އެ ބިމުގައިހުރި ރުއްގަހުގައި މިހާރުވާނީ ކަޅުކުލައިގެ ދަވާދުން، 01R- އަދި 01H- އިން 12H- އަށް، (އިނގެރޭސި އަދި ހިސާބް އަކުރުން) ނަމްބަރު ޖަހާފައެވެ.

           ވީމާ، މަތީގައި ބަޔާންކޮށްފައިވާ ރުއްގަހުގެ ވެރިން، އެރުއްގަހުގައިވާ ނަންބަރު ނޯޓުކުރުމަށްފަހު 26 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މި ކައުންސިލަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި އެތަނުގައިހުރި ނަގައިގެން ގެންދެވޭފަދަ ރުއްގަހާއި، ތަކެތި މިދެންނެވި މުއްދަތުގެތެރޭގައި ނެންގެވުމަށް ދަންނަވަމެވެ. ދަންނަވާފައިވާ ތާރީޚުގެ ފަހުން، ހުށަހަޅާ ރުއްގަހުގެ ސިޓީތަކަށް ބަދަލުދެވޭނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.

 

19 ޖަނަވަރީ 2023