ތަމްރީނު
ނަންބަރު: 137-HR/IU/2023/19
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 15 ފެބުރުވަރީ 2023 12:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް

ޕްރޮގްރާމް:އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް

ޖާގައިގެ ޢަދަދު:32

 

އައި.ޖީ.އެމް.އެޗްގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް

މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގެ 7 ވަނަ އިންޓޭކް (18 މާރިޗު 2023) ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 22 ޖަނަވަރީ 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 15 ފެބުރުއަރީ  2023 ވަނަ ދުވަހުގެ 12:00 ނިޔަލަށް ވަނީ ހުޅުވައިލެވިފައެވެ. މިފަހަރުގެ އިންޓަރންޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރުސަތު ދެވޭނީ 32ފަރާތަކަށެވެ. އިންޓަރންޝިޕް ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށްް އެއްވެސް މުސާރައެއް/ އިނާޔަތެއް/ އެލަވަންސެއް ހަމަޖެހިފައެއްނުވެއެވެ.

އިންޓަރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތު:

  1. މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުން
  2. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން
  3. ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން

ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ (މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓެޑް ކޮށްފައި)
  2. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކޮށްފައިވާ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ގެ އެޓެސްޓް ކޮށްފައިވާ ކޮޕީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު / ޕާސްޕޯޓް ކޮޕީ.
  4. ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ
  5. ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ
  6. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް

ޕްރޮގްރާމަށް ހޮވޭ ފަރާތަތްތަކުން، ޕްެރޮގްރާމް ފެށުމުގެ ކުރިން، ހޮސްޕިޓަލުން އެންގުމުން ސެޓްފިކެޓްތަކުގެ އަޞްލު ގެންނަންވާނެއެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް ލިބޭނެ ގޮތްތައް:

މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް   www.igmh.gov.mvއިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 އަށް މެޑިކަލް އިންޓަރންޝިޕް އޮފީހުން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެއެވެ.

ޕްރޮގްރާމަށް އެދި ފޯމު ހުށަހަޅާނެ ގޮތް:

މެޑިކަލް އިންޓަރންޝިޕްއަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް މަތީގައި ދެންނެވުނު ހުރިހާ ލިޔެކިޔުންތަކާއި އެކު ހުށަހެޅޭނެ ހަމައެކަނި ގޮތަކީ އައި.ޖީ.އެމް.އެޗް ގެ މެޑިކަލް އިންޓަރންޝިޕް ސެކްރެޓޭރިއެޓް އޮފީހަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 އާއި ދެމެދު ފޯމު ހުށަހެޅުމެވެ. ފޯމު ހުހެޅުމުން ފޯމު ބަލައިގަތްކަމުގެ ރިސިޓެއް ހޮސްޕިޓަލުން ދެވޭނެއެވެ.

ފުރިހަމަކޮށްފައިވާ ފޯމު އީމެއިލްގެ ޒަރިއްޔާއިން ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނެ ގޮތް

އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 32 ޖާގައަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފައިވާނަމަ ޕްެރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރުމަށްފަހު އެންމެ ގިނަދުވަސްވެފައިވާ އަހަރުގެ ތަރުތީބުންނެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން 14:00 އާއި ދެމެދު 3335191 ފޯން ނަންބަރަށެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                                          

19 ޖަނަވަރީ 2023