ދިވެހިރާއްޖެ
c
ފިނޭސްކޫލް
ހދ.ފިނޭ، ދިވެހިރާއްޖެ
ނަންބަރު:(iul)GS99/2023/002
އިޢުލާން
އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު
މިސްކޫލްގެ ސެކިއުރިޓީ ބެލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް ކުރެވުނު އިއުލާން ((iul)GS99/2022/0015 ) އާއި ގުޅިގެން ހުށައާފައިވާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރިއިރު އަންދާސީ ހިސާބު ހުށައަޅާފައިވާ 2 ފަރާތައްވެސް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާތީ އެއިއުލާން ބާތިލުކޮށް އަލުން އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ 31 ޑިސެންބަރު 2023 ނިޔަލަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭން ބޭނުންވާފަރާތް ތަކުން، މައުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓްގައި ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އެސްޓިމޭޓާއެކު މި ރަޖިސްޓްރީވެސް ހުށައަޅަންވާނެއެވެ.މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާ ފަރާތުގެ މައުލޫމާތު ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6520539 ފޯނާއި ގުޅުއްވުން އެދެމެވެ.
ތަފްސީލް |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
23 ޖެނުއަރީ 2023 |
ހޯމަ |
13:00 |
އަންދާސީ ހިސާބު ހުށައެޅުން |
29 ޖެނުއަރީ 2023 |
އާދިއްތަ |
13:00 |
19 ޖެނުއަރީ 2023