މުބާރާތް
ނަންބަރު: (IUL)374-A/374/2023/04
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 10:51
ސުންގަޑި: 09 ފެބުރުވަރީ 2023 14:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ ތަރި ޤުރުޢާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މި ކައުންސިލުން އިންތިޒާމުކޮށްގެން މިހިނގާ 1444ވަނަ އަހަރު ރަމަޟާން މަހުގައި "ނިލަންދޫ ތަރި" ޤުރްއާން މުބާރާތުގެ ނަމުގައި ޤުރުއާން މުބާރާތް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި މުބާރާތް ބޭއްވުމަށް ނިންމާފައިވާގޮތް ތިރީގައި ދަންނަވާފައި އެވަނީއެވެ.

މުބާރާތް ހުޅުވާލާފައިވާ ޢުމުރުފުރާ

2023 ޖަނަވަރީ 01 ގެ ނިޔަލަށް ޢުމުރުން 12 އަހަރު ފުރިފައިވާ ފ. ނިލަންދޫގެ ރަށްވެހީންނަށް

މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠު

  • ދުނިޔޭގެ ފެންވަރުގެ މުބާރާތެއްގައި ބައިވެރިވެ ކާމިޔާބީއެއް ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.
  • ޓީ.ވީ.އެމް އިން ގެނެސްދިން ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ ގަދަ 03 ގައި ހިމެނިފައިވާ ފަރާތެއްނަމަ:

1 ވަނަ ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން

2 ވަނަ ލިބުނުތާ 7 އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން

3 ވަނަ ލިބުނުތާ 5 އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން

  • ނިލަންދޫ ތަރި ޤުރްއާން މުބާރާތުގެ ގަދަ  03 ގައި ހިމެނިފައިވާ ފަރާތެއްނަމަ:

1        ވަނަ ލިބިފައިވާ ފަރާތެއް ކަމުގައި ނުވުން.

2        ވަނަ ލިބުނުތާ 2 އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން.

3        ވަނަ ލިބުނުތާ 1 އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން.

މުބާރާތުގައި އިންސާފުކުރެވޭ ބައިތައް

  • ކީރިތި ޤްރުއާން ތިލާވާކުރުން.
  • ކީރިތި ޤްރުއާން ޙިފްޡްކޮށް ކިޔެވުން.
  • ޢުލޫމުލް ޤުރުއާން.
  • ތަޖްވީދުގެ ބައިތައް.

މުބާރާތުގައި ހޮވުމަށް ކަނޑައަޅާފައިވާ ވަނަތަކާއި ދިނުމަށް ނިންމާފައިވާ އިނާމްތައް

  • މުބާރާތުގެ 01 ވަނަ "ނިލަންދޫ ތަރި" އަށް -/15,000 (ފަނަރަހާސް) ދިވެހި ރުފިޔާއާއި ހަނދާނީ ފިލާ ، ސޭޝް އަދި ޝަރަފްގެ ޓްރޮފީ.
  • މުބާރާތުގެ 02 ވަނަ "ނިލަންދޫ ތަރި" އަށް -/7,000 (ހަތްހާސް) ދިވެހި ރުފިޔާއާއި ހަނދާނީ ފިލާ ، ސޭޝް އަދި ޝަރަފްގެ ޓްރޮފީ.
  • މުބާރާތުގެ 03 ވަނަ "ނިލަންދޫ ތަރި" އަށް -/5,000 (ފަސްހާސް) ދިވެހި ރުފިޔާއާއި ހަނދާނީ ފިލާ ، ސޭޝް އަދި ޝަރަފްގެ ޓްރޮފީ.
  • މުބާރާތުގެ އޮޑިޝަނުން ހޮވޭ 12 ބައިވެރިންގެ ތެރެއިން މުބާރާތުގެ ގަދަ 03 ގައި ވާދަކުރާ 03 ބައިވެރިން ފިޔަވައި ކޮންމެ ބައިވެރިއަކަށްދޭ -/1,000 (އެއްހާސް) ދިވެހި ރުފިޔާއާއި ހަނދާނީ ފިލާ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން،  2023 ފެބްރުވަރީ 09ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 14:00 އަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓާ އަދި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.

15 ޖަނަވަރީ 2023