ނީލަން
ނަންބަރު: (IUL)334/334/2014/76
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:27
ސުންގަޑި: 15 ޑިސެންބަރު 2014 13:30
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުން

                      އިޢުލާން

މިރަށު ރައްޔިތުންގެ ގޮތުގައި މިކައުންސިލުން ފޯރުކޮށްދެމުންގެންދާ ކަރަންޓުގެ މަޝްރޫޢު ތަރައްޤީކޮށް ފުޅާކުރުމަށް ގެންދިޔުމުގައި ކުދިވެގެން ނަގާފައިހުރި 100 ކިލޯވޯޓުގެ ކަމިންސް 2 ޖަނަރޭޓަރ ސިޓީލާ ނީލަމުގައި ވިއްކާލުމަށް މިކައުންސިލުން ކަނޑައަޅައިފީމެވެ.

ވީމާ މިދެންނެވި 2 ޖަނަރޭޓަރ ނުވަތަ އޭގެތެރެއިން ޖަނަރޭޓަރެއް ނީލަމުގައި ގަންނަން ބޭނޫންވާ ފަރާތްތަކުން 15 ޑިސެންބަރު 2014 ދުވަހުގެ 13.30 އަށް އަގުހުށަހަޅުއްވާ ލިޔުން، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހުށަހެޅުއްވުން އެދެމެވެ. ސިޓީތައް ކަނޑާނީ ހުށަހެޅުއްވި ހުރިހާ ފަރާތްތަކެއްގެ ޙާޟިރުގައެވެ. ހަމައެދުވަހުގެ 14.45 ގައެވެ.

ޖަނަރޭޓަރު ބައްލަވަން ބޭނުންވާ ފަރާތްތަކުން މިރަށު ރައްޔިތުންގެ އިންޖީނުގެއަށް ދުރުވުމުން ބައްލަވާލެއްވޭނެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                    5 ޞަފަރު 1436

27 ނޮވެންބަރު 2014