ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)231-AH/231/2014/62
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:22
ސުންގަޑި: 14 ޑިސެންބަރު 2014 15:00
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ                       ރޭންކް: އެމް. އެސް 3

ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ                  

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ބޭނުންވާ ޢަދަދު:     01

ސެކްޝަން

ކޯޕަރޭޓް އެފެއާޒް

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސާ ޢިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

ސެކްޝަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން، ސެކްޝަންގެ މުވައްޒަފުންނާބެހޭ ކަންތައްތައް ބެލެހެއްޓުމާއި، ކައުންސިލްގެ އިދާރާއަށް ހޯދަންޖެހޭ ތަކެތި ހޯއްދެވުމުގެ މަސައްކަތް ކުރުވުމާއި، ކައުންސިލްގެ އިދާރާއާ ގުޅިގެން ހިންގޭ އެކިއެކި މަރާމާތާގުޅޭ މަސައްކަތްތައް ދާގޮތް ބެލުމާއި، އިންވެންޓްރީ ބެލެހެއްޓުމުގެ ކަންތައް ދާގޮތް ބެލެހެއްޓެވުމާއި، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމާގުޅޭ އިންތިޒާމުތައް ހަމަޖެއްސެވުމާއި ބަޖެޓްގެ އެކައުންޓުތަކުން ކުރާ ޚަރަދުތައް މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ކުރުވުމާއި، ކައުންސިލަށް ބަލައިގަންނަ ހުރިހާ ފައިސާ ގަވާއިދުން ކަމާބެހޭ އެކައުންޓްތަކަށް ޖަމާކުރުވުމާއި، ޕަބްލިކް ބޭންކް އެކައުންޓުން ޓްރާންސްފަރކުރާ ފައިސާ ޓްރާންސްފަރ ކުރުވުމާއި، ކައުންސިލުން ބަލަހައްޓާ ހުރިހާ އެކައުންޓްތައް ގަވާއިދުން ބެލެހެއްޓެވުމާއި، އެކައުންޓްތަކުން ލިޔާލިޔުންތަކާއި ރިޕޯޓުތައް މަހުން މަހަށް ހައްދައި، އެރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުން.

އެޕްލިކޭޝަން  ފޮނުވަންވީ ތާރީޚާއި ތަން

14 ޑިސެންބަރު 2014 (އާދީއްތަ) ދުވަހުގެ 15:00 ގެ ކުރިން ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިންނާއި  ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓު www.csc.gov.,mv އިން ލިބެން ހުންނާނެއެވެ.
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  3. ސިވިލްސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ސިވިލްސަރވިސްގެ ވަޒީފާއަކަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  4. އެޕްލައި ކުރައްވާ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާނަމަ، ނުވަތަ މީގެ ކުރިން އެފަދަ ވަޒީފާއެއްގައި /ވަޒީފާތަކުގައި މަސައްކަތް ކުރައްވާފައިވާނަމަ އެވަޒީފާގައި/ ވަޒީފާތަކުގައި ކޮށްފައިވާ މަސައްކަތް/މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރު އީމެއިލް އެޑްރެހާއެކު)
  7. ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުންގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު "  ސިވިލްސަރވިސްގައި މަސައްކަތްކުރަމުންދާ މުވައްޒަފަކުވެސް މިފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. 

ވަޒީފާއަށް ޤާބިލު މީހަކު ހޮވުމުގައި ބެލޭނެ ބައެއް ކަންތައްތައް

- ތަޢުލީމާއި ތަމްރީނު އަދި އޮފީހެއްގެ އެޑްމިން ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

- މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

- ދިވެހި އަދި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން

- ގިނަވަގުތު މަސައްކަތުގައި އުޅޭ ފަރާތަކަށްވުން.        

އިންޓަރވިއު ކުރާނެ ތާރީޚާއި، ތަން

- އިޢުލާނުގެ މުއްދަތު ހަމަވާތާ 14 ދުވަހުގެ ތެރޭގައި އިންޓަރވިއުއަށް ހާޒިރުވުމަށް އެންގޭނެއެވެ.

- އިންޓަރވިއު އޮންނާނީ ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގައި

ނޯޓު

ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް 6620331 ނުވަތަ 6620261 އާ ގުޅުއްވުން  

ފެކްސް ނަންބަރު 6620043

10 ޞަފަރު 1436

02 ޑިސެންބަރު 2014