ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-HRS-IUL/2023/8
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 17:44
ސުންގަޑި: 26 ޖަނަވަރީ 2023 23:59
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ހިއުމަން ރިސޯސް އެގްޒެކެޓިވް

މަޤާމު:

ސީނިއަރ ހިއުމަން ރިސޯސް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

CSC-J-375089

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

CSC5-1

މަޤާމުގެ ކްލެސިފިކޭޝަން:

ސީ.އެސް.ސީ ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސިވިލް ސަރވިސް ކޮމިޝަން / ކ. މާލެ

މުސާރަ:

މަހަކު -/9890 ރުފިޔާ

ސަރވިސް އެލެވަންސް:

ހާޟިރުވާ ދުވަހަކަށް -/188 ރުފިޔާ

ކޮމިޝަން އެލަވަންސް:

މަހަކު 3461.50 ރުފިޔާ (އަސާސީ މުސާރައިގެ %35)

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނުން ކުރާ މައިގަނޑު މަސައްކަތް

ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވަޒީފާތަކަށް މުވައްޒަފުން އައްޔަނު ކުރުމާއި، ބަދަލުކުރުމާއި، ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާ ގުޅޭ އެންމެހައި މަސައްކަތްތައްކުރުމާއި މުވައްޒަފުންގެ ހާޟިރީއާއި މުސާރައާ ގުޅުން ހުރި މަސައްކަތްތައްކުރުން

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ބޭނުންވާ ޓްރެއިނިންގ ރިކުއަރމަންޓް ދެނެގަނެ، ޓްރެއިނިންގ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް، ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެކަންތައްތައް ކުރުމާއި ކުރުވުން.
  2. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ވަޒީފާދިނުމާއި، ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި ކުރުވުން.
  3. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މަގާމުތަކާއި މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި އެކަން ކަށަވަރުކުރުން.
  4. ސިވިލް ސަރވިސް ކޮމިޝަނުގެ މަގާމެއް އުފެއްދުމަށް، ބަދަލުކުރުމަށް އުވާލުމަށް ނުވަތަ ރިޒާވުކުރުމަށް ޖެހިއްޖެނަމަ އެކަމާގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުމާއި ކުރުވުން.
  5. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާން، ޤާނޫނާއި، ގަވާއިދާއި، އުސޫލުތަކާއެއްގޮތަށް ތައްޔާރުކޮށް، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މުވައްޒަފުންނާ ހަވާލުކުރެވޭކަމާއި، މި ލިޔުންތައް އެ މުވައްޒަފެއްގެ ޕަރސަނަލް ފައިލުގައި ރައްކާކުރެވޭކަން ކަށަވަރުކުރުން.
  6. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ޕަރސަނަލް ފައިލްތަކާއި ރެކޯޑްތައް ހަމަޖެހިފައިވާ ތަރުތީބުން ޤަވާޢިދުން ފައިލްކޮށް ބަލަހައްޓާކަން ކަށަވަރުކުރުން.
  7. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާޒިރީއާއި ޗުއްޓީގެ ކަންތައްތައް ބެލެހެއްޓުމާއި އެކަން ކަށަވަރުކުރުން.
  8. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމާއި އެކަން ކަށަވަރުކުރުން.
  9. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ކުރުވުން.
  10. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ އޮގަނައިޒޭޝަނަލް ސްޓްރަކްޗަރ އަދި މެންޑޭޓަށް ކޮމިޝަނުން ބޭނުންވާ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ކުރުވުމާއި، އެކަން ކަށަވަރުކުރުން.
  11. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ގަވާއިދަށް ކޮމިޝަނުން ބޭނުންވާ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި ކުރުވުން.
  12. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މަޤާމުތަކަށް ހޮވޭ މުވައްޒަފުން އޮފީހަށް އަހުލުވެރި ކުރުމުގެ (އިންޑަކްޝަން) ޕްރޮގްރާމް ރާވާ ހިންގުމާއި، އެކަން ކަށަވަރު ކުރުން.
  13. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މުވައްޒަފުން ވަޒީފާ އަދާކުރަމުންދާގޮތުގެ ފެންވަރުބެލުމުގެ ނިޒާމެއް ޤާއިމްކޮށް ހިންގުމާއި މޮނިޓަރކުރުން އަދި ބޭނުންވާ އިސްލާހުތައް ކޮމިޝަނުގެ ލަފާގެ މަތިން ގެނައުން.
  14. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މުވައްޒަފުން ކުރު މުއްދަތުގެ ތަމްރީނުތަކަށް ރާއްޖެއާއި ރާއްޖޭން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.
  15. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މުވައްޒަފުން ފުރިހަމަކުރާ ކުރު މުއްދަތުގެ ތަމްރީނުތަކާ ގުޅިގެން އެކުލަވާލައި ހުށަހަޅަންޖެހޭ ރިޕޯޓު ފުރިހަމަކޮށް ހުށަހަޅާކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމާއި ކުރުވުން.
  16. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މުވައްޒަފުން ވަޒީފާ އަދާކުރަމުންދާ ގޮތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ދަށުން އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ މުވައްޒަފުން ފާހަގަކޮށް އެމުވައްޒަފުންނަށް ރިވޯޑް ދިނުމުގެ ނިޒާމެއް ޤާއިމްކޮށް ހިންގުން.
  17. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ރާވައި ހިންގުން.
  18. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މުވައްޒަފުން ވަޒީފާއާ ބެހޭގޮތުން ހުށައަޅާ މައްސަލަތަކަށް ޖަވާބުދާރީވުމާއި އެމައްސަލަތައް ބަލައި ފިޔަވަޅުއެޅުމާއި އެކަން ކަށަވަރުކުރުން.
  19. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މުވައްޒަފުންގެ ތެރެއިން ވަޒީފާގައި ދިމާވާ މައްސަލަތަކުގައި އިސްލާޙީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނަށް، އެމުވައްޒަފެއްގެ ސެކްޝަނަކާއި ގުޅިގެން އިސްލާހީ ފިޔަވަޅު އެޅުމާއި އެކަން ކަށަވަރު ކުރުން.
  20. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގައި ވަޒީފާ އަދާކުރާ މުވައްޒަފުން މަސައްކަތްކުރުމުގައި އެކުވެރިކަމާއި އެއްބައިވަންތަކަމާއި މަސައްކަތުގެ ރޫހު ދިރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއި އެކުވެރި، އިންސާފުވެރި މަސައްކަތުގެ މާޙައުލެއް ގާއިމުކުރުން.
  21. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ މުވައްޒަފުން މެނޭޖްކުރުމާއި ބެހޭގޮތުން ލަފާއަރުވަންޖެހޭ ފަރާތްތަކަށް ލަފާދިނުން.
  22. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ އެންމެހާ އިދާރީ ކަންތައްތައް ެލެހެއްޓުމާއި ހިންގުން.
  23. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ސީނިއަރ މެނޭޖްމަންޓް ކޮމިޓީގެ އެންމެހާ އިދާރީ ކަންތައްތައް ބެލެހެއްޓުމާއި ހިންގުން.
  24. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ އެކްޝަން ޕްލޭން އެހެން ސެކްޝަން، ޔުނިޓްތަކުގެ އެހީއާއެކު އެކުލަވާލައި ގަވާއިދުން މޮނިޓަރ ކުރަމުންގެންދިއުން.
  25. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނާއި ކުރީގައި ވަޒީފާ އަދާކުރި މުވައްޒަފުންގެ ތެރެއިން، ވަޒީފާއާބެހޭގޮތުން ލިޔުން ހޯދުމަށް އެދޭ ފަރާތްތަކަށް އެ ފަދަ ލިޔުންތައް ދޭނެ އުސޫލުތައް އެކުލަވާލައި، އެ އުސޫލުތަކާ އެއްގޮތަށް އެ ފަދަ ލިޔުންތައް ދިނުމުގެ މަސައްކަތްކުރުމާއި، ކުރުވުމާއި، އެކަން ކަށަވަރުކުރުން.
  26. އޮފީސް ފާހާއި އޮފީސް ބިޒްނަސް ކާޑު ފޯރުކޮށްދިނުމުގެ އުސޫލުތައް އެކުލަވާލައި، އެ އުސޫލުތަކާއެއްގޮތަށް އެފަދަ ތަކެތި ދިނުމުގެ މަސައްކަތްކުރުމާއި، ކުރުވުމާއި، އެކަން ކަށަވަރުކުރުން.
  27. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގައި އާންމު ފަރާތްތަކަށް އިންޓަރންޝިޕް އާއި މަސައްކަތު ތަޖުރިބާ ދިނުމުގެ އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުމާއި، އެކަން ކަށަވަރުކުރުން.
  28. ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއިން ވަކިވާ މުވައްޒަފުންގެ އެގްޒިޓް އިންޓަރވިއު ކުރިއަށް ގެންގޮސް މި އިންޓަރވިއުތަކުގެ ރިޕޯޓް ނެރުން އަދި މުވައްޒަފުން ފާހަގަ ކުރާ ކަންތައްތައް ކޮމިޝަނާއި ހިއްސާކޮށް މިކަންތައްތަކަށް އެކަށީގެންވާ ހައްލު ހޯދުމަށް މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ހިއުމަން ރިސޯސް ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން،

ނުވަތަ

ހިއުމަން ރިސޯސް ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ރޮނގުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 2 އަހަރުދުވަހު ހިއުމަން ރިސޯސް ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން،

ނުވަތަ

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 3 އަހަރުދުވަހު މަސައްކަތްކޮށް، ހިއުމަން ރިސޯސް ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވުން،

ނުވަތަ

މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވަލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި 6 އަހަރުދުވަހު މަސައްކަތްކޮށް، ހިއުމަން ރިސޯސް ނުވަތަ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވުން،

ނުވަތަ،

CSC4-2 ގްރޭޑްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން އެންމެ ފަހުން މި ގްރޭޑްގައި ވަޒީފާއަދާކުރި 2 އަހަރު %85 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ހޯދާފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން (30 އިންސައްތަ)
  2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (5 އިންސައްތަ)
  3. އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ މަސައްކަތާ ގުޅޭ  ތަޖުރިބާ (5 އިންސައްތަ)
  4. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (15 އިންސައްތަ)
  5. އިންޓަރވިއު (ޕްރެޒެންޓޭޝަނާއެކު) (45 އިންސައްތަ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް، ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ 28 ޖަނަވަރީ 2023 އާ 18 ފެބުރުވަރީ 2023 އާ ދެމެދުއެވެ. ޕްރެކްޓިކަލްސް އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު ކުރިއަށް ގެންދެވޭނީ ސިވިލް ސަރވިސް ކޮމިޝަނުގައި ނުވަތަ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު އާއްމު ކުރެވޭނެއެވެ. އަދި އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓް)"  އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307357/3307358 ނަންބަރު ފޯނާ ނުވަތަ ހިއުމަން ރިސޯސް ސެކްޝަނުގެ ހޮޓްލައިން 7598991 މޮބައިލަށެއެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މައުލޫމާތު ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

18 ޖަނަވަރީ 2023