ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/1/2014/246
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 21 ޑިސެންބަރު 2014 15:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެންރޯލްޑް ނާރސް

އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި، ޞިއްޙީ މަރުކަޒުތަކުގައި ތިރީގައި މި ދަންނަވާ މަޤާމުގައި މަސައްކަތްކުރަން ޝައުޤުވެރިވާ ދިވެހިންނަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:                އެންރޯލްޑް ނާރސް

މުސާރަ:               -/5020 ރުފިޔާ

ސާރވިސް އެލަވަންސް:       -/2500 ރުފިޔާ

ޝަރުޠު: ނަރސިންގ ދާއިރާއިން އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ދިވެހިރާއްޖޭގެ ނާރސިންގ ކައުންސިލުގައި ރަޖިސްޓަރީ ވެފައިވުން

ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާ އަދާކުރެއްވުމަށް ބޭނުންވާ ރަށެއް އެނގޭނެހެން 21 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި އެދިލައްވާ ރަށެއްގައި ހުސް މަޤާމެއް ނެތިގެން ވަޒީފާ ހަމަޖެހެން ނެތްނަމަ، ދެވަނަ އަދި ތިންވަނައަށް ވަޒީފާ ބޭނުންވާ ރަށެއްވެސް އެނގޭގޮތަށް (އިސްކަންދޭ ތަރުތީބުން) ހުށަހެޅުއްވުމަށް ދަންނަވަމެވެ. އެ ރަށެއްގައި ހުސްމަޤާމު އޮތް އަދަދަށްވުރެ ގިނަ ފަރާތްތަކަކުން އެ މަޤާމަށް ކުރިމަތިލާފައިވާނަމަ އެ މަޤާމަށް މީހަކު ހޮވާނީ އެދިފައިވާ ހުރިހާ ފަރާތްތަކާ އިންޓަރވިއު ކޮށްގެންނެވެ.

މި ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ލިބިފައިވާ ނާރސިންގ ސެޓުފިކެޓާއި ނާރސިންގ ކައުންސިލުގެ ރަޖިސްޓްރޭޝަނާއި ލައިސަންސް އަދި އައި.ޑީ ކާޑުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓު، ސެޓުފިކެޓު، ނުލިބޭނަމަ ސެޓުފިކެޓު، އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުން) ހުށަހެޅުއްވުން އެދެމެވެ. މިކަންކަން ފުރިހަމަ ނުކުރައްވައި ހުށަހަޅުއްވާ ސިޓީތައް ބާޠިލު ކުރެވޭނެއެވެ.

މިކަމާ ބެހޭގޮތުން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިމިނިސްޓްރީގެ ނަންބަރު 3014400، 3014437 ފޯނަށް ގުޅުއްވުން އެދެމެވެ.

10  ޞަފަރު 1436  

02 ޑިސެންބަރު 2014