ކުއްޔަށް ހިފުން
ނަންބަރު: (IUL)MAI-109/MAI/2023/10
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 24 ޖަނަވަރީ 2023 17:00
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
މާލެއިން 20 ކޮޓަރި ކުއްޔަށް ހިފުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 .ބާޠިލްކޮށްފައިވަނީ ބީލަން ކާމިޔާބު ކުރިފަރާތުގެ އަގު ބޮޑުވުމާއި ކުރީގެ ބީލަންފޮތް ހިމަނާފައިވާތީއެވެ ((IUL)MAI-109/MAI/2022/68) ނޯޓް: މިމަދަރުސާއިން 2022 ނޮވެންބަރު 13 ވަނަ ދުވަހުކޮށްފައިވާ ޢިއުލާން

1. މި މަދަރުސާގެ އަޒްހަރު މުދައްރިސުންނަށް މާލެއިން 20 ކޮޓަރި 11 މަސް ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވެއެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަންފޮތް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޖަނަވަރީ 18 އިން 2023 ޖަނަވަރީ 24 އަށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 17:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. 

3. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖަނަވަރީ 25 ވަނަ ދުވަހުގެ 18:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 ޖަނަވަރީ 26 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (ކުރީގެ ވަގުތީ ފޮރިން މިނިސްޓްރީ) 1 ވަނަ ފްލޯގެ މީޓިންގ ރޫމްގައެވެ.

5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

[email protected]

ބޮޑުތަކުރުފާނުމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3016642

18 ޖަނަވަރީ 2023